Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާ އާއި އިނގިރޭސިވިލާތުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ

އިންޑިއާ އާއި އިނގިރޭސިވިލާތުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން މަޝްވަރާތައް ކުރަމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީޓްރޭޑް އެގްރީމެންޓެއް (އެފްޓީއޭ) އަންނަ ޖުލައި މަހުގެ ތެރޭގައި ނިންމުމަށް ނިއު ދިއްލީ އާއި ލަންޑަނުން ދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. ވިޔަފާރީގެ އެއްބަސްވުމުގެ ޤާނޫނީ ތަހުލީލުތައް ނިމުމަކާ ގާތްވެފައިވާއިރު، ބާކީ ހުރި މައްސަލަތައް ހައްލުކޮށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ދެފަރާތުންވެސް ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި އެފްޓީއޭގެ ތެރެއިން މިހާރު ފައިނަލް ކުރަން ޖެހެނީ ގާތްގަނޑަކަށް އެއް ޕަސެންޓެވެ. ނަމަވެސް އެންމެ ފަހުގެ ބައެއް ހުރަސްތައް ވަރަށް އަވަހަށް ނައްތާލެވުނު ކަމުގައި ވިޔަސް، ދެ ގައުމުގެ ޑޮމެސްޓިކް އެޕްރޫވަލް ޕްރޮސެސްތަކުގެ ސަބަބުން 2024 ވަނަ އަހަރުގެ ކުރީކޮޅު އެ އެއްބަސްވުން ތަންފީޒު ނުކުރެވިދާނެއެވެ.
އިނގިރޭސިވިލާތާއެކު މިފަދަ އެއްބަސްވުމެއް ހެދުމަކީ އިންޑިއާގެ ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސްގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ޓެކްސްޓައިލް، މެޝިނަރީ، އޮޓޯމޯބައިލް ޕާޓްސް އަދި ކަނޑުގެ އުފެއްދުންތައް ފަދަ މަސައްކަތްތެރިން ބޭނުންކުރާ އުފެއްދުންތައް އިންޑިއާއިން އެކްސްޕޯޓްކުރާ ފަރާތްތަކަށް އިނގިރޭސިވިލާތަށް މާކެޓް އެކްސެސް އިތުރުކޮށްދީ، އެފަރާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އިންޑިއާ އާއި އިނގިރޭސިވިލާތާ ދެމެދު މިހާރު ކުރާ ވިޔަފާރީގެ އަދަދު އުޅެނީ ގާތްގަނޑަކަށް 17.5 ބިލިއަން ޑޮލަރުގައެވެ. އެހެންނަމަވެސް، އަލަށް އެއްބަސްވާ އެފްޓީއޭގެ ސަބަބުން އިޤްތިޞާދީ ގުޅުންތަކުގެ ފުރިހަމަ ފުރުޞަތު ހުޅުވިގެންދާނެކަމަށް ދެފަރާތުންވެސް ދެކޭއިރު، ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު، 2030 ވަނަ އަހަރުގެ ނިޔަލަށް ވިޔަފާރީގެ ދާއިރާ ދެގުނަ އަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ.
އަލަށް ވެވޭ މި އެފްޓީއޭގެ ސިފަތައް އަދިވެސް ސިއްރުކޮށްފައިވާއިރު، މުދަލާއި ހިދުމަތާއި އިންވެސްޓްމަންޓްތަކާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ފަދަ އެކި ދާއިރާތަކުން ޓެރިފް ނޫން ހުރަސްތައް ހިމެނޭނެ ކަމަށް ބެލެވެއެވެ. މި އެއްބަސްވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީ އާއި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުން ވެސް އިތުރަށް ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެއެވެ.
މި ލިއުމާއި ގުޅޭ