ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ތާއީދުކުރުމަށް ކެނެޑާ ސަރުކާރަށް ގޮވާލާ ގަރާރަށް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ.
ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރީ "ދެ ދައުލަތެއްގެ ހައްލެއްގެ ދަށުން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް" ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ނޮން-ބައިންޑިން ހުށަހެޅުމެކެވެ.
އިދިކޮޅު ނިއު ޑިމޮކްރެޓިކް ޕާޓީން ހުށަހެޅުއްވި މި ހުށަހެޅުމަށް ރުހުން ލިބުނީ 117 ވޯޓުގެ މައްޗަށް 204 ވޯޓުގެ އަޣުލަބިއްޔަތުންނެވެ.
ޑްރާފްޓް ޕްރޮޕޯސަލްގައި ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާ ތައް ބަލައިގަތުމާއި ހަތިޔާރު ވިއްކުން ހުއްޓުވުން ފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ޕާލަމެންޓުގައި ބަހުސް ކުރުމަށްފަހު އެ ހުށަހެޅުން އިސްލާހުކޮށްފައިވަނީ "ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގޮވާލާ ގޮވާލުމަކަށް" ބަދަލު ގެނައުމަށެވެ.
ކެނެޑާއިން މިދިޔަ ހަފުތާގައި ވަނީ ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ އަދި ޢާއްމުން މަރުވާރޭޓް މަތިވަމުންދާތީ ޖެނުއަރީ މަހުން ފެށިގެން އިޒްރޭލަށް ނޮން ލީތަލް ހަތިޔާރު އެކްސްޕޯޓް ކުރުން ހުއްޓާލަން ނިންމައިފައެވެ.
1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ކެނެޑާ އާއި އިސްރާއީލާ ދެމެދު ގާތް ގުޅުމެއް އޮންނަތާ 70 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކެނެޑާއަކީ އިސްރާއީލު އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އެ ގައުމަކީ ޔަހޫދީ ދައުލަތަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. ޑިމޮކްރަސީ އާއި ޕްލޫރަލިޒަމް އަދި ގާނޫނުގެ ވެރިކަން ފަދަ އަސާސްތައް ދެ ގައުމުގެ މެދުގައި އެބައޮތެވެ.