Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

ހަތްދިހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާގައި ރާ ވިއްކާ ފިހާރައެއް ހުޅުވައިފި

ހަތްދިހައަށްވުރެ ގިނަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާގައި ރާ ވިއްކާ ފިހާރައެއް ހުޅުވައިފިކަން އެ ޤައުމުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓެއް ހާމަކުރައްވައިފިއެވެ.

އިސްލާމްދީނުގެ އެންމެ މުޤައްދަސް ދެ މިސްކިތް ހުންނަ އެ ޤައުމުގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ތަންފީޒުކުރަން ފައްޓަވާފައިވާ އިޖުތިމާއީ ހުޅުވައިލުމުގެ ސިޔާސަތުގެ ދަށުން އެ ޤައުމުގައި ބަނގުރާ ވިއްކުމުގެ ސިޔާސަތަށް ބަދަލުތަކެއް ގެނައީ މި އަހަރުގެ ޖަނަވަރީ މަހުއެވެ.

ސަޢުދީ ޢަރަބިއްޔާގައި ރާ ވިއްކުމާ ގުޅޭ ސިޔާސަތަށް ގެނައި ބަދަލާއެކު، ހުޅުވި ރާ ވިއްކާ ފިހާރަ ހުންނަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ޑިޕްލޮމެޓިކް ކުއާޓާގައެވެ. އެ ފިހާރައަށް ޚާއްޞަކޮށްފައިވަނީ އެ ޤައުމުގައި މަސައްކަތްކުރައްވާ ޣައިރު މުސްލިމު ޑިޕްލޮމެޓުންނަށް އެކަނިކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ.

ނަން ނުޖަހާ ގޮތަށް އޭޕީއަށް މައުލޫމާތު ދިން ޑިޕްލޮމެޓު ބުނެފައިވަނީ އެ ފިހާރަ އެންމެ އެއްގޮތީ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައި ހުންނަ ޑިއުޓީ ފިހާރަތަކާ ކަމަށެވެ. މިހާރު އެފިހާރައިން ރާގެ ބާވަތްތަކުގެ ތެރެއިން ލިކޯއާއި ވައިން އަދި ދެ ބާވަތެއްގެ ބިއަރު ލިބޭކަމަށް އޭނާ ބުންޏެވެ.

އަދި އެފިހާރައިން ބަނގުރާ ގަންނަ މީހުން އެމީހުންނަކީ ޑިޕްލޮމެޓުންކަން އެނގޭނެ ލިޔުންތައް ދައްކަންޖެހޭ ކަމަށާއި، އެތަނަށް ވަނުމުގެ ކުރިން ޚާއްޞަ ދަބަހެއްގައި ފޯނު ބަހައްޓަންޖެހޭކަމަށްވެސް އެ ޑިޕްލޮމެޓު ބުންޏެވެ.

މިފިހާރަ ހުޅުވުމާ ގުޅޭ ގޮތުން ސައުދީ ސަރުކާރުން ރަސްމީ ބަހެއް ނުބުނި ނަމަވެސް ފިހާރަ ހުޅުވުމުގެ ޚަބަރުތައް ބައިނަލްއަޤުވާމީ މީޑިއާއަށް ތިލަވި ދުވަސްވަރާ ދިމާވާ ގޮތަށް ސައުދީގެ ދައުލަތާ ގުޅުންހުރި މީޑިއާއެއްކަމަށްވާ އަރަބް ނިއުސްގައި ޑިޕްލޮމެޓުންނަށް ރާ ވިއްކުމާ ގުޅޭ ޤަވާއިދުތަކެއް އާންމުކޮށްފައިވެއެވެ.

ބަނގުރާ ބުއިމާއި ވިއްކުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަމެކެވެ. ސައުދީއާއި ކުވައިތާއި އެކުވެރި ޢަރަބި އިމާރާތުގެ ޝާރިޤާއަކީ ރަލުގެ ވިޔަފާރި ވަރުގަދައަށް ހިފަހައްޓައި ކޮންޓުރޯލުކޮށްފައިވާ މަދު ދައުލަތްތަކުގެ ތެރެއިން ދައުލަތްތަކެވެ.

މި ލިއުމާއި ގުޅޭ