އަމިއްލަ ޚަރަދުގައި މިސްކިތް އެޅުމަށް ތިން ފަރާތަކާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުޅުމާލޭ ލޮޓު ނަމްބަރު 22150 ގައި މިސްކިތެއް ބިނާކުރުމަށާއި އައްޑޫ ސިޓީ ހުޅުދޫގައި މިސްކިތެއް ބިނާކުރުމަށާއި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި މިސްކިތެއް ބިނާކުރުމަށެވެ.
މި ތިސް މިސްކިތް އެޅުމަށް އަމިއްލަ ފަރާތްތަކާއެކު ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިސްލާމިކް މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތައް:
- ހުޅުމާލޭ ލޮޓު ނަމްބަރު 22150ގައި މިސްކިތް ބިނާކުރުން| މ. މާޔާ މުހައްމަދު ޔޫސުފް
- އައްޑޫ ސިޓީ ހުޅުދޫގައި މިސްކިތެއް ބިނާކުރުން| މ. ޝުއާޒް މުހައްމަދު ޞާލިހް
- މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި މިސްކިތެއް ބިނާކުރުން| ރ. އަލިފުށި، ޑިސްކޯ، އަބްދުއްރަހްމާން މޫސާ
މިސްކިތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވަނީ މިސްކިތް ބިނާކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުން އެމީހުންގެ އަމިއްލަ ހަރަދުގައި މިފަދަ މުހިއްމު މަސައްކަތެއް ފެށުމަށް އަޒުމް ކަނޑައަޅާ ކުރިއަށް ގެންދާތީ ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު ޝަހީމް ވަނީ މާތް ﷲ އަށް ޓަކައި މިސްކިތެއް ގާއިމްކުރުމަކީ ވަރަށް މާތް މަތިވެރިކަމެއްކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމުގެ ޝައުގުވެރިކަމުގައި މަސައްކަތްތަކެއް ފަށާފައިވާކަމަށާއި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެެރޭގައި މި ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ނިމިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
މިނިސްޓަރު ށަހީމް ވިދާޅުވީ ބައެއް ފަރާތްތަކަށް މިހާރު ހަވާލުކޮށްފައިވާކަމަށާއި މިނިސްޓްރީން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށެވެ.