Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މިސްކިތްތައް ސާފުކުރާނެ ދިވެހިން ހޯދަނީ

ވަޒީފާ ދޭ މުއްދަތު އިތުރުކޮށް މާލޭގެ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން އަލުން އިއުލާނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މަލޭ ސިޓީ ކައުންސިލުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގަ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިންނަށް އިސްކަންދޭން ވަނީ ނިންމާފައެވެ.

ވަގުތީ މުވައްޒަފުން ނަގާ މުއްދަތު މިހާރު އިންނަނީ އެއް އަހަރަށްކަން ފާހަގަކުރައްވާ އެ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމްވިދާޅުވީ އެކަމުގެ ސަބަބުން ދިވެހިން ހޯދަން ދަތިކަމަށެވެ.

މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިން ހޯދަން ނިންމާ 114 ދިވެހިން ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކުރުމުން ކުރިމަތިލީ 14 މީހުންނެވެ.

އެހެންވެ ކައުންސިލަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށް އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

އަދި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިން ހޯދަން އަލުން އިއުލާންކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ