Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނަރެންދުރަ މޯދި

އިންޑިއާ ސަރުކާރާ ގުޅޭ ގޮތުން މީސްމީޑިއާގައި ކުރާ ޕޯސްޓުތައް ސަރުކާރުން ފެކްޓު ޗެކްކުރަނީ

ޓެކްނޮލޮޖީ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އިންޑިއާގައި އެ ޤައުމުގެ ސަރުކާރުން ހިންގާ އިދާރާއަކުން، ސަރުކާރުގެ ކަންކަމާ ގުޅޭ ގޮތުން މީސްމީޑިއާގެ މަންސަތަކުގައި ޝާއިއުކުރާ ޕޯސްޓުތައް ފެކްޓު-ޗެކްކުރަން ފަށަން ނިންމައިފިއެވެ.

އިންޑފެއާގެ ގެޒެޓުގައި ޝާއިއުކުރި އެންގުމެއްގައި އެ ޤައުމުގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އައިޓީން ބުނެފައިވަނީ އެ މިނިސްޓްރީން 2021 ވަނަ އަހަރުގައި އެކުލަވައިލި އައިޓީ ޤަވާއިދުތައް އިސްލާހުކޮށް ޤާނޫނުގެ ތެރެއިން ޕްރެސް އިންފޮމޭޝަން ބިއުރޯގެ ފެކްޓު ޗެކިން ބިއރޯ ޤާއިމުކުރުމަށް ބޭނުންވާ ކަންކަން ހިމެނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިއުރޯއަކީ އިންޑިއާ ސަރުކާރާ ގުޅޭ ގޮތުން އެކި މަންސަތަކުގައި ދައުރުވާ ވާހަކަތަކުގެ "ތެދުދޮގު" ބަޔާންކޮށްދިނުމަށް އުފައްދާ ބިއުރޯއެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިތުރަށް އައިޓީ މިނިސްޓްރީން ބުނެފައިވަނީ އިންޑިއާގައި ފަސް މިލިއަން މީހުންނަށްވުރެ ގިނަ މީހުންނަށް ޚިދުމަތްދޭ ޓެކް ކުންފުނިތަކާއި އެނޫންވެސް ކުންފުނިތަކުން، ސަރުކާރާ ގުޅޭ ގޮތުން މީހުންނަށް އޮޅުންއަރާނެ މައުލޫމާތު ރައްކާކުރުމާއި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވުމަށް "އެކަށީގެންވާ މަސައްކަތެއްކުރަން"ވާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އެ ޤައުމުގެ އާންމު އިންތިޚާބުތައް ބޭއްވުމަށް މަދު ހަފުތާތަކަކަށް ވެފައިވަނިކޮށެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޮޑްކާސްޓްއިން ޕްރެސް އިންފޮމޭޝަން ބިއުރޯގައި ފެކްޓް ޗެކިން ޔުނިޓެއް ޤާއިމުކުރީ 2019 ވަނަ އަހަރުއެވެ. އެ ޔުނިޓުގެ ބޭނުމެއްކަމަށް ސަރުކާރުން ބުނެފައިވަނީ ސަރުކާރާ ގުޅުންހުރި ކަންކަމާމެދު ފެތުރޭ ދޮގު މައުލޫމާތުތަކަށް ރައްދުދިނުމެވެ. ނަމަވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވާ ހާލަތްތަކުގައި ނުރަނގަޅު ގޮތުގައި ބައެއް މައުލޫމާތަކީ ސައްހަ މައުލޫމާތު ނޫންކަމަށް އެ ބިއުރޯއިން ބުނަމުންދާކަމަށް ތުހުމަތުކުރެވިފައިވެއެވެ.

މެޓައާއި އެމޭޒަން، ގޫގުލް އަދި އެޕަލް ހިމެނޭ ސިނާއީ ގުރޫޕެއްކަމަށްވާ އޭޝިއާ އިންޓަނެޓް ކޯލިޝަނުން ފާއިތުވި އަހަރު ބުނެފައިވަނީ ސަރުކާރާ ގުޅުންހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ސަރުކާރުގެ އިދާރާއަކަށް އެކަނި ބަރޯސާވުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. ޚާއްޞަކޮށް އެކަށީގެންވާ ގޮތަކަށް އެ އިދާރާގެ އިޚުތިޞާޞު ބަޔާންކުރެވި ޖަވާބުދާރީވަނިވި ނިޒާމެއް ނެތި ސަރުކާރުގެ އިދާރާއަކުން އެކަންކުރުމަކީ ނުރައްކަލެއްގެ ގޮތުގައި އެ ކޯލިޝަނުން ސިފަކުރިއެވެ.

މިފާޑުކިޔުންތަކާ ގުޅިގެން އިންޑިއާގެ އައިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ރަޖީވް ޗަންދްރެސްޚާރުވަނީ އެ ބިއުރޯ ޤާއިމުކުރަނީ އެއްވެސް ހާލަތެއްގައި ނޫސްވެރިކަން ސެންސަރުކުރުމަށް ނޫންކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ