Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

މޫސުން ގޯސްވެ، އިންޑިއާ ސްކޫލެއްގެ ފުރާޅު އެއްލާލައި 13 ކުއްޖަކަށް އަނިޔާވެއްޖެ

މުސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިންޑިއާގެ ސްކޫލެއްގެ ފުރާޅު އެއްލާލައި 13 ދަރިވަރަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިންޑިއާގެ ޗައްތިސްގަރްގެ ކޯރްބާ ޑިސްޓްރިކްޓްގެ ދުރު އަވަށެއްގައި ހުންނަ މި ސްކޫލަކީ ސަރުކާރުގެ ސްކޫލެކެވެ.

ޑިސްޓްރިކްޓް އެޑިއުކޭޝަން އޮފިސަރު ޕީޕީ އުޕާދަޔާ ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު 3:00 އެހާކަންހާއިރު ޕަސަން ޕޮލިސް ސްޓޭޝަން ސަރަހައްދުގެ ދާރިޕަރާ ވިލެޖްގައި ހުންނަ ޕްރައިމަރީ ސްކޫލުގައި ދަރިވަރުން މެންދުރުގެ ކެއުން ކުރިއަށް ދަނިކޮށް ކަމަށެވެ.
ވައިގަދަވުމުގެ ސަބަބުން އެ ފުރާޅުގެ ބައިތައް އެއްލާލިއިރު، ފާރުގެ ބައިތަކުން އެެތަނުގައި ތިބި ކުދިންގެ ގައިގައި ޖެހި އޭގެ ތެރެއިން 13 ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ކުދިން ވަގުތުން ހޮސްޕިޓަލަށް ބަދަލުކުރިއިރު އޭގެ ތެރެއިން އަށް ކުއްޖަކު ފަރުވާ އަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ބާކީ ތިބި ފަސް މީހުންނަށް އިތުރު ފަރުވާ ދިނުމަށް އަވަށްޓެރި ގައުރޭލާ-ޕެންދްރާ-މަރްވާހީ ޑިސްޓްރިކްޓްގެ ކައިރި ހޮސްޕިޓަލަކަށް ފޮނުވާލާފައިވާއިރު، އެ ކުދިންގެ ހާލަތު ނުރައްކަލުން ބޭރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ