Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި އިމާރާތެއް ވެއްޓުނު ހާދިސާގައި 9 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަތާގައި ފަސް ބުރީގެ އިމާރާތެއް ވެއްޓުނު ހާދިސާގައި ނުވަ މީހަކު މަރުވެއްޖެ ކަަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ކޮލްކަތާގެ ގާޑަން ރީޗް ސަރަހައްދުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ފަސް ބުރީގެ އިމާރާތެއް ވެއްޓުނުއިރު، ފުލުހުންނާއި ޑިޒާސްޓާ މެނޭޖްމަންޓްގެ މުވައްޒަފުން ހަރަކާތްތެރިވަމުން ގޮސްފައި ވެެއެވެ.

އެ އިމާރާތަކީ ކޮލްކަތާގެ ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ހަދަމުން ދިޔަ އިމާރާތެކެވެ.
މި ހާދިސާގައި ނުވަ މީހަކު މަރުވެ، އިތުރު 17 މީހަކު ޒަހަމްވެފައި ވެއެވެ.
އިމާރާތް ވެއްޓުނުތާ ގާތްގަނޑަކަށް 18 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް، އެތައް ބަޔަކު އިމާރާތުގެ ބައިތަކުގެ ތެރޭގައި ތާށިވެފައި ތިބި ކަމަށް ބެލެވޭއިރު، މަރުވި މީހުންގެ ެައަދަދު އިތުރުވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. މަރުވި މީހުންގެ ތެރޭގައި އެ ސަރަހައްދުގައި ދިރިއުޅޭ ދެ އަންހެނަކު ވެސް ހިމެނެއެވެ.
މި އިމާރާތުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. އެއީ 500 އަކަފޫޓު ހުންނަ އެޕާޓްމަންޓްތައް ހިމެނޭ ގޮތަށް 16 އެޕާޓްމަންޓް ހުންނަ އިމާރާތެކެވެ. އެ ހުރިހާ އެޕާޓްމަންޓެއް ވިއްކުމަށް ބުކްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ލިއުމާއި ގުޅޭ