މާލޭ ސަރަހައްދުގައި ހުރި ދެ މިސްކިތެއްގެ އަންހެނުން ނަމާދުކުރާ ބައިގެ ތަކެއްޗަށް ބަޔަކު ގެއްލުން ދީފި އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ބަޔަކު ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށެވެ.
އަދި އެ ދެ މިސްކިތުގެ ގެއްލުން ދީފައިވާ ތަކެތި މަރާމާތުކުރުމުގެ މަސައްކަތް މިރޭ ކުރިއަށްގެންދާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް މިސްކިތްތަކުގެ ތަކެއްޗަށް ގެއްލުން ދިނީ ކޮންބައެއްކަން އަދި ސާފެއް ނޫނެވެ.
"މިފަދަ ނާތަހުޒީބު އަމަލްތަށް ހުއްޓުވުމަށް އެންމެންގެ އެހީތެރިކަން ބޭނުންވޭ،" އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށް އާޒިމްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.