ގިނަ ދުވަސްތަކަކަށްފަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އަށް ދުވަހަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދު މި މަހު ވަނީ 8.1 އަށް އިތުރުވެފައެވެ.
ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީގައި ހޭދަކުރާ މުއްދަތު މިދިޔަ އަހަރުގެ ކުރީކޮޅު އަށް ދުވަހަށް އިތުރުވި ނަމަވެސް އެ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އާންމު ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 7.6 ދުވަހެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރިވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އިއްޔެއާ ހަމައަށް ޗައިނާއިން 60,699 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ އިޓަލީއެވެ.
މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ މިހާރު އޮތީ 31,028 ފަތުރުވެރިންނާއެކު ލިސްޓުގެ ހަވަނައިގައެވެ.