Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެޑްމިންޓަން

ބެޑްމިންޓަން އިންތިހާބުގައި ވާދަކުރަން އިޝްފާން އާއި ޝިހާމް ފޯމު ހުށަހަޅައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގައި ވާދަކުރަން، އިޝްފާން މުހައްމަދު (އިއްޕަ) އާއި އަހުމަދު ޝިހާމް (ޕުޗޫ) ކެންޑިޑެސީ ފޯމު ހުށަހަޅައިފި އެވެ.

މި މަހު 22 ވަނަ ދުވަހު ބާއްވަން އިއުލާނުކޮށްފައިވާ މި އިންތިޚާބު މިހާރު ކުރިޔަށް ގެންދާ ގޮތަށް ގެންގޮސްފި ނަމަ އެ އިންތިޚާބު ސައްހަ ކަމުގައި ބަލައި ނުގަންނާނެ ކަމަށް ސްޕޯޓްސް ކަމިޝަނަރު މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިއްޔެ "ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން ތޮލާލް ވިދާޅުވީ ބީއޭއެމްގެ އިންތިޚާބު ބޭއްވުމުގެ ހުއްދަ އަދި ނުދެއްވާ ކަމަށާއި ނަމަވެސް މިއަދު ބާއްވާ ބައްދަލުވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ތޮލާލްވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމުގެ ޝަކުވާތަކާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް، އެ އެސޯސިއޭޝަންގެ އިންތިހާބު ނުބާއްވަން މީގެ ކުރިން އަންގައިފަ އެވެ.

މިކަން މިހެން އޮއްވައި އެ އެސޯސިއޭޝަނުން އިއްޔެ ވަނީ މި މަހުގެ 22 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ އެ އެންގުމަށް ބޯލެނބުމެއް ނެތި، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އެ ޖަމިއްޔާގެ އިންތިހާބުގައި ވޯޓު ލެވޭނެ ލިސްޓު ގެޒެޓް ކުރުމަށް ފަހު، އެ އަށް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ހުޅުވާލައިފަ އެވެ.

އެ ގޮތުން، އިންތިހާބުގެ ވޯޓު ލެވޭ މީހުންގެ ލިސްޓާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ކަމެއް ލިޔުމުން 18 މާރިޗު 2024 ވާ ހޯމަ ދުވަހު (މާދަމާ)ގެ 12:00 ގެ ކުރިން މި އެސޯސިއޭޝަނަށް ގޮސް ހުށަހެޅުމެއް، އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ.
މި ލިއުމާއި ގުޅޭ