Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ކިތަންމެ ބަޔަކު ދެކޮޅުވިޔަސް ރަފަހް އަށް އަރާނެ ކަމަށް ނަތަންޔާހޫ ބުނެފި

ކިތަންމެ ބަޔަކު ދެކޮޅުވިޔަސް އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އަރާނެ ކަމަށް ޔަހޫދީ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ މިހެން ބުނެ އިންޒާރު ދީފައިވަނީ މި ވަގުތު އިސްރާއީލަށް ރަސްމީ ދަތުރެއް ކުރަމުންދާ ޖަރުމަނު ވިލާތުގެ ޗާންސެލަރ އޮލެފް ޝޮލްޒް އާއި އެކު ބޭއްވި ރަސްމީ ބައްދަލުވުމަށްފަހު އިސްރާއީލުގެ މީޑިއާ އަށް މައުލޫމާތު ދެމުންނެވެ.

ނަތަންޔާހޫ ބުނެފައިވަނީ ޝޮލްޒް އާއި ޖަރުމަނުވިލާތަކީ އިސްރާއީލުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އިސްރާއީލަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ ކަންބޮޑުވުން އަޑުއަހާނެ ގައުމެއް ކަމަށެވެ. އެ ގޮތުން އިސްރާއީލުން ފަލަސްތީނުގެ ރަފަހް އަށް އެއްގަމު މަގުން އެރުމާއި މެދު ޖަރުމަނުވިލާތުގެ ހުރި ކަންބޮޑުވުންތަކާއި މެދު ވަރަށް މުހިއްމު ވާހަކަތަކެއް މި ބައްދަލުވުމުގައި ދެކެވުނު ކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫ ބުނީ ޝޮލްޒް ގެ ކަންބޮޑުވުމަކީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އެރުމުން އާންމުން މަރުވާ މިންވަރު އިތުރުވުމާއި ރެފިއުޖީންނަށް ވާ މީހުންގެ އަދަދު އިތުރުވުން ކަމަށެވެ.

ނަތަންޔާހޫ ވަނީ މި ބައްދަލުވުމުގައި މުޅި ދުނިޔެއަށް ބޮޑު ދޮގެއްވެސް ހަދާފައެވެ. އެއީ ނަތަންޔާހޫ ބުނެފައިވަނީ ހަނގުރާމައެއް ގައި އިސްރާއީލުގެ ސިފައިން އާންމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މިންވަރަށް ފަހުގެ ތާރީހުގައި ދުނިޔޭގެ އެއްވެސް އަސްކަރިއްޔާ އަކުން ހަނގުރާމަ އެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

ނަތަންޔާހޫ މިހެން ބުނެފައިވާއިރު މިއަދާ ހަމައަށް އިސްރާއީލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ޣައްޒާގެ 31،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އިސްރާއީލުން ދަނީ ފަލަސްތީނުގައި ހާލުގައިޖެހިފައި ތިބި މީހުންނަށް އެހީފޯރުކޮށްދިނުމުގެ ހަރަކާތް ތަކަށްވެސް ހުރަސް އަޅަމުންނެވެ. އެ ގޮތުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އެހީވެއްދުން މަނާކޮށްފައެވެ.
މި ލިއުމާއި ގުޅޭ