Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ތިން ވަނަ މަޝްވަރާ ބައްދަލުވުން މާލޭގައި ބާއްވައިފި

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަނބުރާ ގެންދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ބާއްވަމުންދާ ހައި ލެވެލް ކޯ-ގްރޫޕްގެ ތިންވަނަ މަޝްވަރާ ބައްދަލުވުން މިއަދު މާލޭގައި ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ބޭއްވުނު މި ކޯ ގްރޫޕުގެ ތިން ވަނަ ބައްދަލުވުމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ފަހު ޑޯނިއާ މަތިންދާބޯޓާއި ހެކިލޮޕްޓަރުތައް ދުއްވުން އިންޑިއާގެ ޓެކްނިކަލް މީހުންނާ ހަވާލުކުރުމުގައި ދެގައުމަށް ހޯދިފައިވާ ކުރިއެރުމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާކަމަށެވެ.

އަދި މިހާތަނަށް އެއް ޕްލެޓްފޯމުގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށް ފަހު ޓެކްނިކަލް މީހުން ގެނެސްފައިވާކަމަށާއި ބާކީ ދެ ޕްލެޓްފޯމުން ވެސް އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ސިފައިން ބާލާ މަދަނީ މީހުން ގެންނާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ އަދި ހައިލެވެލް ކޯރ ގްރޫޕްގެ ހަތަރުވަނަ ބައްދަލުވުން ނިއުދިއްލީގައި ބޭއްވުމަށް ދެގައުމުން މިހާރު އެއްބަސްވެފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ