Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ރޯދަމަހު މާލެ ސަރަހައްދުގައި ވެކްސިންދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ރޯދަމަހު މާލެ ސަރަހައްދުގައި ވެކްސިންދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، މާލެ ސަރަހައްދުގެ 7ތަނެއްގައި ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކާއި، ގަޑިތައްވެސް އެޗްޕީއޭއިން ވަނީ އާންމުކުރައްވާފައެވެ.

އެޗްޕީއޭއިން ބުނީ، މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށްދާނީ އޭޑީކޭ ހޮސްޕިޓަލް، ދަމަނަވެށި، މެޑިކާ، ހުޅުމާލޭ ހޮސްޕިޓަލް، ހުޅުމާލޭ ފޭސް 2ގެ ޖީޕީ ކްލިނިކް ޓްރީޓޮޕްގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލްގައި ކަމަށެވެ.

ރޯދަމަހު ވެކްސިންދޭ ގަޑިތައް

- ދަމަނަވެށި - ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް
- އޭޑީކޭ ހޮސްޕިޓަލް - ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 10:30 އިން 13:30 އަށް
- ހުޅުމާލެ ހޮސްޕިޓަލް - އާދީތަ ހޯމަ، އަންގާރަ ދުވަހު 9:30 އިން 12:00 އަށް
- ޖީޕީ ކްލިނިކް/ހުޅުމާލެ ފޭސް 2 - އާދީއްތަ ބުދަ، ހޮނިހިރު ދުވަހު 09:30 އިން 12:00 އަށް
- މެޑިކާ - ހޮނިހިރު، ބުދަ ދުވަހު 08:00 އިން 12:00 އަށް
- ޓްރީޓޮޕް ހޮސްޕިޓަލް - ހުކުރު ނޫން ކޮންމެ ދުވަހަކު 10:00 އިން 15:00 އަށް
- ވިލިމާލެ ހޮސްޕިޓަލް - އާދިއްތަ، ބުދަ ދުވަހު 9:00 އިން 15:00 އަށް

މި ދުވަސްވަރު އާންމު ރޯގާތައް އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ އެކަމަށް ސަމާލުވުމަށްވެސް އެދިފައެވެ.

މި ލިއުމާއި ގުޅޭ