Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ފަވަރައިން އެއްފަހަރާ 200،000ރ. ޓްރާންސްފާ ކުރެވޭ ގޮތަށް ހަދައިފި

އެއް ބޭންކުން އަނެއް ބޭންކަން ވަގުތުން ފައިސާ ފޮނުވޭ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)، "ފަވަރަ" މެދުވެރިކޮށް އެއްފަހަރާ ފައިސާ ފޮނުވޭ ލިމިޓް އިތުރުކޮށްފި އެވެ.
މިދިޔަ އަހަރު ފަވަރަ ތައާރަފުކުރި އިރު އެ ސިސްޓަމް މެދުވެރިކޮށް އެއްފަހަރާ އެންމެ ގިނައިން ފޮނުވެނީ 50،000ރ. އެވެ.
އެކަމަކު، އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން، މިއަދުން ފެށިގެން އެ ލިމިޓް ވަނީ 200،000ރ. އަށް އިތުރުކޮށްފަ އެވެ. ފަވަރައިން އެއްފަހަރާ 200،000ރ. އާ ހަމައަށް ފައިސާ ޖަމާކުރެވޭ އިރު ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 10،000ރ. އާ ހަމައަށް ފައިސާ ފޮނުވަން ރިކުއެސްޓް ކުރެވޭނެ އެވެ.
އެ ހިދުމަތް ފެށިއިރު ފަވަރަ ރިކުއެސްޓު މެދުވެރިކޮށް ފޮނުވަން ރިކުއެސްޓު ކުރެވެނީ 5،000ރ. އެވެ.
ފަވަރައަކީ ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓު ހިދުމަތްތައް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެމްއެމްއޭއިން ގާއިމްކޮށްފައިވާ ޕޭމަންޓް ސިސްޓަމެކެވެ. މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' ތައާރަފުކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
އެ ސިސްޓަމްގެ ބައިވެރިން މެދުވެރިކޮށް ކޮންމެ ބޭންކެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތެއްގައި އެކައުންޓު ނުވަތަ ވޮލެޓެއް އޮތްކަމުގައިވިޔަސް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
ފަވަރަގެ ހިދުމަތްތައް ލިބޭނީ އެ ފަރާތަކުން އެކައުންޓް ނުވަތަ ވޮލެޓް ހުޅުވާފައިވާ ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އެޕްލިކޭޝަން މެދުވެރިކޮށެވެ. އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕްލިކޭޝަނުން ފަވަރައަށް ވަދެވޭނެ އެވެ.
އެގޮތުން، ފަވަރަގެ ހިދުމަތް ދެމުން އަންނަ ބޭންކުތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ހިމެނެ އެވެ.
މި ލިއުމާއި ގުޅޭ