Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ދިވެހިން ރާއްޖެ ދިފާއުކުރި ގޮތުގެ ތާރީޚީ މިސާލާއެކު ޣައްސާނުގެ ތާރީފާއި ޝުކުރު ރައީސަށް

ޒަމާނުއްސުރެ ދިވެހިން ދިވެހިރާއްޖެ ދިފާއުކުރި ގޮތުގެ ތާރީޚީ މިސާލާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ތާރީފުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސަށް އައްސަރިބަސްދެއްވައި ޝުކުރު އަދާކުރައްވައި ޣައްސާން އެކްސްގައި ޕޯސްޓެއް ޝާއިއުކުރެއްވީ އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ އަސްކަރީ ޑްރޯނު ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ޤާބިލުކަން ޤާއިމުކޮށް އެ މަސައްކަތް ޤައުމީ ދިފާއީ ބާރުން ރޭ ފެށުމާ ގުޅިގެންނެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ޤައުމީ ދިފާއީ ބާރުގައި ވައިގެ ބާރެއް ޤާއިމުކުރައްވައި އެ ބާރު ރައީސްވަނީ އިފުތިތާހުކުރައްވާފައެވެ. ތުރުކީގެ ބައިރަކްތާރު ޓީބީ2 ޑްރޯނު ޓެކްނޮލިޖީ ސިފައިންގެއަށް ހޯދާފައިވާއިރު، އެ ޑްރޯނުތައް އޮޕަރޭޓުކުރުމަށް ބޭނުންވާ ފުރިހަމަ ތަމްރީނު ދިވެހި ސިފައިންގެ ޓީމަކުންވަނީ ފުރިހަމކޮށްފައެވެ.

ޣައްސަން އެކްސްގައި ކުރެއްވި ޕޯސްޓުގައި އޭނާ ހިއްސާކުރައްވާފައިވަނީ ރާއްޖޭގެ މުއައްރިޚު ޢަބްދުލްމަޖީދު ޢަބްދުލްވައްހާބު ފަތްތޫރާގައި ލިޔުއްވާފައިވާ ލިޔުމެއްގައި ޒަމާނުއްސުރެ ދިވެހިން ރާއްޖެ ދިފާއުކުރި ގޮތުގެ ސިފަކުރުމެކެވެ.

ޢަބްދުލްމަޖީދު ލިޔުއްވާފައިވަނީ ދިވެހިންނަކީ ޒަމާނުއްސުރެ ޤައުމުދެކެ ލޯބިވާ އަދުއްވުންގެ ހަމަލަތަކުން ރާއްޖެ ދިފާއުކޮށް ބިދޭސީންނާއި ވިޔަފާރިއާއި ސަގާފީ ގޮތުން މުއާމަލާތްކޮށް އުޅުނު ބައެއް ކަމަށެވެ.

" ބޭރުން އަރާ ހަތުރުވެރިކަމުގެ ނަގޫރޯޅިތަކުން ރެކި ދަފަރާވެގެން ތިބޭއިރު ބޭރުންޖެހޭ މިތުރުވެރިކަމުގެ ނަލަ ރޯޅިތަކުން ލޮބުވެތި ދިވެހިރާއްޖޭގެ ނަވުގެ "ބަނޑުރިޔާ ފެނު" އަޅުވާލާފަދަ ބަޔަކީމުއެވެ. ރުޅިވެރި ކަމުގައި ބޮޑުކަޅީން ވަދެގެން އައިސް ދެބަނޑޮސް ދޭތެރެއަށް ދޫކުރާ ޢަދުއްވުންގެ ގުރާބުތަކާއި ދިމާއަށް، ދިވެހިރަސްކަމުގެ ފުރަމާނަ ދޭހަވާނޭ ގޮތުން މާލޭގެ ބުރުޒުތަކުން ބޮޑުބަޑީގެ އުންޑަތައް ފޮނުވީމުއެވެ. އެކުވެރިކަމުގައި އައިސް ގާދޫކޮލުން ވަންނަ އިއްތިޙާދީންގެ ނައުޒޯނގަށް ހަމަ އެބުރުޒުތަކުން ސަލާމުގެ ބަޑި ބަރުތީލަ ކުރީމުއެވެ.،" ޢަބްދުލްމަޖީދު ލިޔުއްވާފައިވެއެވެ.

އެ ސިފަކުރެއްވުން ހިއްސާކުރައްވައި ޣައްސާން ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ސާބިތުކޮށްދެއްވީ ޢަބްދުލްމަޖީދުގެ ސިފަކުރެއްވުމަކީ މިއަދުވެސް ތެދެއްކަން ކަމަށެވެ. އަދި ރައީސް ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ގެނެސްދެއްވީ އިންޤިލާބީ ކުރިއެރުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޣައްސާން އައްސަރިބަހާއި ޝުކުރު އަދާކުރެއްވިއެވެ.

"ޤައުމަށް، ދިވެހި އަސްކަރިއްޔާއަށް އެގެނެސްދެއްވި އިންޤިލާބީ ކުރިއެރުމަށް ސިފައިންގެ އެންމަ މަތީވެރިޔާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އައްސަރިބަހާއި ސާބަހާއި ހިފަހެއްޓުމެއް ނެތް ޝުކުރު ދަންނަވަން،" ޣައްސާން ލިޔުއްވިއެވެ.

މި ލިއުމާއި ގުޅޭ