Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ސަރަހައްދީ ބޮޑީބިލްޑިން މުބާރާތް ޖޫން މަހު ރާއްޖޭގައި

ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މިއަހަރު ވެސް ރާއްޖޭގައި ބާއްވާގޮތަށް ނިންމައިފި އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ވަނީ މުބާރާތް އަންނަ ޖޫން މަހުގެ 6 އިން 10 އަށް ރާއްޖޭގައި ބާއްވާނެކަން ހާމަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ބޮޑީބިލްޑިން ދެކުނު އޭޝިއާގެ މުބާރާތް ހޯސްޓް ކުރުމުގެ އިތުރުން ރާއްޖޭން ވަނީ 2022 ވަނަ އަހަރުގެ އޭޝިއާ ބޮޑީބިލްޑިން މުބާރާތް ބާއްވައިފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސަރަހައްދީ މުބާރާތުގައި ރާއްޖޭގެ އިތުރުން އަފްގާނިސްތާން، އިންޑިއާ، ނޭޕާލް އަދި އިންޑިއާ އިން ވަނީ ބައިވެރިވެފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭން ވަނީ ރަން ވަނަތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ މުހައްމަދު މޫސާ އާއި އަޒްނީން ރަޝާދު ވަނީ ރަން މެޑަލް ހޯދާފަ އެވެ. ޖުމްލަ ހަތަރު ރަން މެޑަލް އާއި ހަތަރު ރިހި މެޑަލް މިދިޔަ އަހަރު ރާއްޖޭން ހޯދި އެވެ. އަދި ބްރޯން އެއް މެޑަލް ހޯދި އެވެ.
މި ލިއުމާއި ގުޅޭ