Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ރައީސް ހޯދައިދެއްވީ ރާއްޖޭގެ ސިޔާދަތު ހިމާޔަތްކުރަން ބޭނުންކުރެވޭނެ އަލިފާނުގެ ބާރުހުރި ހަތިޔާރެއް: ޣައްސާން

ރައީސް ހޯދައިދެއްވީ ރާއްޖޭގެ ސިޔާދަތު ހިމާޔަތްކުރަން ބޭނުންކުރެވޭނެ އަލިފާނުގެ ބާރުހުރި ހަތިޔާރެއް ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އެޑްވާންސް ޑްރޯންއާއި ދިވެހި އެއާ ފޯސް އިފްތިހާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ދިވެހިރާއްޖޭއަކީ ވަރަށް ދިގު ތާރީޚެއް އޮތް ގައުމެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލާއި، އެކި ފަހަރު މަތިން އެކި ގޮތަށް އެކި ފަރާތްތަކުން ތޮޅެން އުޅެފަ އެބަހުރި ކަމަށެވެ.

ޣައްސާން ވިދާޅުވީ، އެތަކެއް ސަތޭކަ އަހަރު ކުރިން، އަދި 35 އަހަރާއި، 4 މަސް ދުވަސް ކުރިން މިފަސްގަނޑުގެ ހައްގުގައި ކެރޭ ދިވެހި ދަރިން ވަނީ ލެއާއި ފުރާނަ ގުރުބާންކޮށްފައި ކަމަށާއި، ރާއްޖޭގައި ދިވެހިން ވަޒަންވެރިވީ އިރުން ފެށިގެން އަސްކަރީގޮތުންވެސް ދިވެހި ދަރިން ހަރަކާތްތެރިވެފައިވާ ކަން ފެންނަ ކަމަށެވެ.

ދުނިޔޭގެ ދިފާއީ ނިޒާމުގެ ބާރޮ އޮތީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގްލާލް އޭގެ ފުރަމާނަ ދޭހަވާ ގޮތަށް ހިމާޔަތް ކުރުމުގެ އިތުރުން، ކާރިސާތަކުގަޢާއި، ކުއްލި ހާލަތްތަކުގައި ދިމާވާ ކަންތައްތަކުގައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ހަމައެހެންމެ މިހާރުގެ ހަނގުރާމަތައް ބޮޑަށް ބަރޯސާވަނީ ޓޭކްނޮލިޖީއަށް ކަމަށާއި، މިއީ މިހާރު ކުރިއަރާފައި ހުރި ގައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީ ޕްލެޓް ފޯމެއް ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ޑްރޯންތަކަކީ ސާވޭލަންސާއި ސާޗް އެންޑް ރެސްކިއުއަށް ފޯކަސްކުރާ އިރެއްގައި ވިޔަސް ދިމާވާ ހާލަތަކުން ރާއްޖޭގެ މިނިވަންކަން ދިފާއު ކުރަން ޑިފެންސިވް މެނޫވާސް ނެގޭނެ އަލިފާނުގެ ބާރުހުރި ހަތިޔާރެއް ކަމަސްވެސް ޣައްސާން ވިދާޅުވިއެވެ.

ހަނގުރާމަތައް ދުނިޔޭގައި ބަދަލުވެގެން އައިސް އެއްގައުމުން އަނެއް ގައުމު ފަހަތަ ކުރުން މަދުވެފައިވާ ކަމަށާއި މިހާރު ކަން ހިނގަމުންދަނީ ގައުމުތަކުގެ ސިޔާދަތާއި އިސްތިގްލާލަށް ނުފޫޒާއި ބާރުފޯރުވުން ކަމަށްވެސް ވިދާޅުވިއެވެ.

" ބޮޑުތިލަދުންމަތިން ތެދުވެވަޑައިގެން ދިވެހިރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުމުގެ ހައްގު އެބައޮތް ކަމަށް ވިދާޅުވެ ހަށި ފޮޅާލާ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ދިވެހިންގެ ވެސް ހައްގެއްް ކަމަށް ވަަރަށް ފާޅުގައި ވިދާޅުވެ ކެރިގެން ކުރައްވާ ބުރަ މަސައްކަތުން ހަލުވި ކަމާއެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވާ ހޯއްދެއްވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް.،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންގެ ހިތްތަކުގައި ރައީސްއާ މެދު އިތުރު ޔަގީންކަމެއް އުފެދިފައިވާ ކަމަށާއި، ކެރޭ ދިވެހި ސިފައިންގެ އަޒުމު އިތުރަށް ވަރުގަދަ ކުރެވިފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ދިވެހިންގެ ހައްގުގައި ކުރައްވާ ބުރަ މަސައްކަތް ކާމިޔާބުކުރެއްވުން އެދި ދުއާ ކުރާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ