Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސްގެ އަމާޒަކީ ޕެންޝަންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހެއްދެވުން

ޕެންޝަންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ''ރައީސްގެ ޖަވާބު'' ސިލްސިލާގެ ތެރެއިން މިއަދު ހުޅުމާލެ ފްލެޓް H-16-16-05، ފާޠިމަތު ޙަސަން މަނިކު ދެންނެވި ސުވާލުގެ ޖަވާބުގައެވެ.
އޭނާ ސުވާލު ދެންނެވީ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭ ގޮތުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޕެންޝަންއަކީ ވަކި ގާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗެއް ކަމަށެވެ. އެހެންކަމުން އެއަށް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލެއް ގެނެސްގެން ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެކަން ވާން އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ކުރެވޭނީ އެފަދަ ފުރުސަތެއް ލިބިވަޑައިގެންފިނަމަ ކަމަށެވެ.
މި ލިއުމާއި ގުޅޭ