އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެރިކަން ފަސޭހައިން ލިބޭ ގޮތަށް ހެދި ގާނޫނަށް އެ ގައުމުގައި އަމަލުކުރަން ފެށުމުން، އެމެރިކާއާއި އދ.އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އދ.ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ (ސީއޭއޭ)އަކީ އަސާސީ ގޮތުން ތަފާތުކުރުން އޮތް ގާނޫނެއް ކަމަށާއި އެއީ އިންޑިއާގެ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށްވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
ގާނޫނާ ގުޅިގެން އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އަދި އެ ގާނޫނު ތަންފީޒު ކުރާނެ ގޮތް ވަރަށް ގާތުން ބަލަމުން ދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
އެ ގާނޫނުގައި ވާގޮތުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ޕާކިސްތާނާއި އަފްޣާނިސްތާނާއި ބަންގްލަދޭޝް އިން އިންޑިއާއަށް ވަދެފައިވާ ހިންދޫންނާއި ޕާސީންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖޭއިންސް އަދި ކްރިސްޓިއަނުންނަށް އިންޑިއާގެ ރަށްވެހިކަން ލިބެއެވެ. ނަމަވެސް އެއީ މުސްލިމެއް ކަމަށްވާ ނަމަ ރަށްވެހިކަމެއް ނުލިބޭނެއެވެ.
އިންޑިއާއަކީ ޒަމާނުއްސުރެ އެގައުމުގައި އޮންނަ މައިނޯރިޓީ މުސްލިމު އާބާދީއަށް އެކިއެކި ގޮތްގޮތުން ހިންދޫންނާއި، ސަރުކާރުގެ ފަރާތުން ތަފާތު ދުއްތުރާ ލިބެމުން އަންނަ ގައުމެކެވެ. އަދި ދީނީ ތަފާތުކުރުންތަކާއި، ނަސްލީ ތަފާތު ކުން އިންތިހާއަށް އޮތް ގައުމެކެވެ.