Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު 9.4 މިލިއަން ރުފިޔާ ލިބިފައިވޭ: މީރާ

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު 9.4 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ މިދުވަސްވަރު ލިބިފައިވާ އަދަދަށްވުރެ މަދު އަދަދެކެވެ. މިއަހަރު 9.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މިދުވަސްވަރު 10.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ.

މީގެ އިތުރުން، މިދިޔަ މަހު މުދަލުގެ ޒަކާތުގެ ގޮތުގައި މީރާއަށް 5.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބިފައިވާ އަދަދަށްވުރެ 16.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މުދަލު ޒަކާތް ރާއްޖެތެރޭގައި ދިނުމަކަށް އުނދަގުލެއް ނެތެވެ. ރާއްޖެތެރޭގައި ގާއިމްކޮށްފައިވާ މީރާގެ ކަލެކްޝަން ސެންޓަރުތަކުންނާއި ރަށު ކައުންސިލް އިދާރާތަކަށްވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، މުދަލު ޒަކާތުގެ ގޮތުގައި ދައްކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ މިންވަރަކީ ނިޞާބުން 7140 ރުފިޔާއެވެ.

މުދަލު ޒަކާތުން ބައެއް ދިނުމަކީ މުދަލުން ނަސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އިސްލާމީ ޝަރީއަތުގައި ވާޖިބުކޮށްފައިވާ ކަމެކެވެ. އަދި 2016 ވަނަ އަހަރަށްފަހު މުދަލު ޒަކާތް ދައްކަމުންދަނީ، މީރާއަށެވެ.

މި ލިއުމާއި ގުޅޭ