Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަފީޢު

ސަލާހުއްދީން ސްކޫލްގެ ކިޔެވުން 2 ދަންފަޅިއަށް ބަދަލުކުރަން ޖެހިދާނެ: އެޑިއުކޭޝަން މިނިސްޓަރ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގަމުން އަންނަ ސަލާހުއްދީން ސްކޫލް 2 ދަންފަޅިއަށް ބަދަލުކުރަން ޖެހިދާނެކަމުގެ އިޝާރާތެއް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ދެއްވައިފިއެވެ.

ދެވަނަ ފިޔަވަހީގައި ހުރި ހަމައެކަނި ސްކޫލަކީ ސަލާހުއްދީން ސްކޫލަށް ވުމުން އެސްކޫލުގެ ޖާގައަށް ވަނީ ވަރަށް ޑިމާންޑް ބޮޑުވެފައެވެ. މިގޮތުން 2 ވަނަ ފިޔަވަހިން ސްކޫލުގެ ޖާގައަށް އެދި މިއަދާއި ހަމައަށް 800 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ކަމަށާއި މިތައުލީމީ އަހަރު ނިމޭއިރު މި އަދަދު 1000 އަށް ވުރެ އިތުރުވާނެކަމަށް ބެލެވޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާލުވީ ސަލާހުއްދީން ސްކޫލްގެ ކިޔެވުން 2 ދަންފަޅީއަށް ބަދަލުކޮށްގެން ކަމުގައިވިޔަސް ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ތައުލީމުގެ ޚިދުމަތް ކަށަވަރުކުރާނެކަމަށެވެ. އަދި ސަލާހުއްދީން ސްކޫލުން ޖާގަ ލިބުމަކީ އެސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭނޭ ވަރަށްބޮޑު ލުޔެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެ ކުރިންވެސް އަޅުގަނޑު ފާހަގަކޮށްފައިވާނޭ ފަދައިން މި ހާލަތު މެދުވެރުވީ ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ އާބާދީ އިތުރުވާނެ މިންވަރު ދެނެގަނެ، އަންދާޒާ ކުރެވޭ ދަރިވަރުންގެ އަދަދަށް ރިއާޔަތްކޮށް ސްކޫލް އެޅުމުގައި އިހުމާލުވެފައިވާތީ" މިނިސްޓަރ ޝަފީޢު ފާހަގަކުރެއްވީ ކުރީ ސަރުކާރުން ތަޢުލީމީ ދާއިރާއާއި މެދު ވެފައިވާ އިހުމާލެވެ.

މި ލިއުމާއި ގުޅޭ