Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި ހުކުރުކުރާނީ އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުން

އަންނަ ހުކުރުދުވަހު މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދުކުރާނީ އަލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތަމްރީނުކުރި ޒުވާން ޚަޠީބުންކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގުރާމެއް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހިންގަން އިއުލާނުކޮށް، އެ ޕްރޮގުރާމުގެ ފުރަތަމަ ބުރު ނިންމައި، މިއަދު އެ ޕްރޮގުރާމު ނިންމި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްފައިވެއެވެ.

މި ޕްރޮގުރާމު ހިންގާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮގުރާމުގައި ބައިވެރިވި ޒުވާނުންނަށް ޚުޠުބާ ކިޔުމުގެ ހުނަރުތަކާއި އިމާމުވެ ނަމާދުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

މާލެ ސަރަހައްދުގައި ހިންގި އެ ޕްރޮގުރާމު ފުރިހަމަކުރި ޒުވާނުންނަށް މިއަދު އިސްލާމިކް މިނިސްޓްރީންވަނީ ޚަޠީބުކަމުގެ ސަނަދުތައް ހަވާލުކޮށްފައެވެ.

އެ ޕްރޮގުރާމު ނިންމައި ތަމްރީނުވި ޚަޠީބުންނަށް ސަނަދު ހަވާލުކުރުމާ ގުޅިގެން މިއަދު އިސްލާމީ ކަންކަމާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނީ އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުން ކަމަށެވެ.

"ޒުވާން ޚަތީބުން މި އަންނަ ހުކުރުގަ މާލޭ ސިޓީ ބައެއް މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ގުރޭޑް 10 އިން ފެށިގެން މަތީ ގުރޭޑުތަކުގައި ކިޔަވާ ކުދިންނާއި ސުކޫލު ނިންމާފައިވާ ޒުވާނުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދޫކުރުމަށް ޑރ.ޝަހީމުގެ އިސްނެންގެވުމަށް ހިންގި ޕްރޮގުރާމުގައި ބައިވެރިވާން ހުޅުވައިލި ފުރުސަތުގައި ބައިވެރިވާން އެދުނު 160 ކުއްޖަކާ އިންޓަވިއުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ