Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާ ބެހޭ ވުޒާރާ

ފަސް ގައުމަކުން އެކަނި 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި

5 ގައުމަކުން އެކަނިވެސް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތައް އެތައް ކާމިޔާބީ ތަކެއް ލިބި އެތައް ރެކޯޑެއް މުގުރާލެވިފައިވާ އަހަރަކަށްވާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ގައުމުކަމަށްވާ ޗައިނާއާއި، ރަޝިޔާއާއި، އިޓަލީއާއި، އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 56،181 ގައިވާއިރު ރަޝިޔާއިން ރާއްޖެއަށް އައިސްފައިވަނީ 44،222 ފަތުރުވެރިންނެވެ. އަދި މީގެ އިތުރުން، އިޓަލީއިން 42،770 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުން 40،448 ފަތުރުވެރިން އައިސްފައިވާއިރު ޖަރުމަނުން އައިސްފައިވަނީ 29،196 ފަތުރުވެރިންނެވެ.

އެގޮތުން މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 5 ގައުމުން ޖުމްލަ 212817 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއާއެކު، މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 466،273އަށް އެރިއްޔެއެވެ. މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާއަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން، މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 466،273އަށް އަރާފައިވުމުން މިއީ މިދިޔަ އަހަރުގެ މިހާ ތަނާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ. އެގޮތުން، މި އަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު 15.2 އިންސައްތަ އިތުރުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ