Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިޠުރު ޒަކާތް

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އެ ވުޒާރާއިންމައުލޫމާތު ދިން ގޮތުގައި ފިތުރު ޒަކާތް ދެއްކުމަށް ދެ ގޮތެއް ފަހިކޮށްދީފައިވާނެއެވެ. އެގޮތުން ސީދާ މިިނިސްޓްރީއަށް ވަޑައިގެން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، އެ ވުޒާރާގެ ޒަކާތު ހައުސްއިން މިހާރު އޮންލައިންކޮށް ޒަކާތް ބަލައިގަންނަށް ފަށާފައިވީނަމަވެސް، އޮންލައިންކޮށް ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާނީ 6 އޭޕްރިލް ގެ ނިޔަލަށްކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހަޔެއްގައި ސަރުކާރު އޮފީސްތައް ބަންދުކަމުގައި ވީނަމަވެސް، އެ ދުވަސްތަކުގައިވެސް ޒަކާތްދެއްކޭނެކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ ފިތުރު ޒަކާތް 6 ޕްލެޓްފޯމަކުން އޮންލައިންކޮށް ދެއްކުމަށް ހުޅުވާލައިފައިވެއެވެ. އެގޮތުން، ދިރާގާއި އުރީދޫ އެޕާއި، އިސްލާމިކް ބޭންކުގެއެޕާއި، ބީއެމްއެލްގެ އެޕާއި، ފަހިޕޭގެ އިތުރުން ބަނޑޭރިޕޭ ބޭނުންކުރައްވައިގެންވެސް ޒަކާތް ދެއްކޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

ދައްކަންޖެހޭ ފައިސާގެ އަގު

  • އާދައިގެ ހަނޑުލުން ދޭނަމަ : 12 ރުފޔާ
  • ތައިލެންޑް ހަނޑުލުން ދޭނަމަ : 70 ރުފިޔާ
  • ރަތް ހަނޑުލުން ދޭނަމަ : 80 ރުފިޔާ
  • ބާސްމަތީ ހަނޑުލުން ދޭނަމަ : 70 ރުފިޔާ (އާދައިގެ)
  • ބާސްމަތީ ހަނޑުލުން ދޭނަމަ : 100 ރުފިޔާ (މޮޅު)
  • ބާސްމަތީ ހަނޑުލުން ދޭނަމަ : 125 ރުފިޔާ (އެންމެ މޮޅު)
  • އާދައިގެ ފުށުން ދޭނަމަ: 10 ރުފިޔާ
  • އާޓާ ފުށުންދޭނަމަ: 75 ރުފިޔާ

ޒަކާތު ހައުސްއިން މައުލޫމާތު ދެއްވި ގޮތުން ރަމަޟާން މަހުުގެ ރަސްމީ ބަންދު ނޫން ދުވަހެއްނަމަ ހެނދުނު 09:30 އިން ފެށިގެން 13:00 ޖަހަންދެން އަދި ފަހުދިހައިގައި އެ އޮފީސް ހުޅުވާނީ ހެނދުނު 11:00 އިން މެންދުރުފަހު 14:00 އަށެވެ. މި ވަގުތުތަކުގައި ފިތުރު ޒަކާތް ބަލައިގަނެވޭނެކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދީފައިވެއެވެ.

މި ލިއުމާއި ގުޅޭ