Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި މީހެއްގެ 2 އަތް ޓްރާންސްޕްލާންޓުކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ އަތް ގެއްލުނު މީހެއްގެ އަތް އިންދުމުގެ އޮޕަރޭޝަނެއް އިންޑިއާގެ ވެރިރަށް ދިއްލީގައި ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބުކަމާއެކު ކޮށްފިއެވެ.

އުމުރުން 45 އަހަރުގެ ކުލަލާ މީހެއްކަމަށްވާ ރާޖް ކުމާރުގެ ދެ އަތް އިންދުމުގެ އޮޕަރޭޝަނެއް ދިއްލީގައި ކުރީ ޖަނަވަރީ 19 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި އޭނާގެ ހަށިގަނޑުގައި އަލަށް އިންދި ދެ އަތަކީ ސުކޫލެއްގެ އިދާރީ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީނާ މެހްތާއެވެ. އޭނާއަކީ މިހާރު ސިކުނޑި މަރުވެފައިވާ މީހެކެވެ.

ސާ ގަންގާ ރާމް ހޮސްޕިޓަލުގައި ކުރި މި އޮޕަރޭޝަނުގެ ތަފުސީލުތައް ދެއްވަމުން އެ ހޮސްޕިޓަލުގެ ޑޮކްޓަރު ޑރ.ސްވަރޫޕް ސިންހް ގަމްބީރު ވިދާޅުވީ އަތުގެ ނާރުތަކާއި މަސްތައް ގުޅުވައިލުމުގެ ކުރިން ކަށިތައް އެއްހަމައިގައި ހިފަހެއްޓި ކަމަށެވެ. 12 ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަނާއި، އޮޕަރޭޝަނުން އަރައިގަތުމަށް ހޭދަވި 6 ހަފުތާއަށްފަހު ކުމާރު ހޮސްޕިޓަލުން ދޫކޮށްފަިއވަނީ ފާއިތުވި ބުދަދުވަހުއެވެ.

ދިއްލީގެ ނަންގްލޮއިގައި ދިރިއުޅޭ ކުމާރުގެ ދެ އަތް ގެއްލުނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ރޭލެއް ދަށުވެގެން ހިނގި ހާދިސާއެއްގައެވެ. ފަޔަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކޮރުޖަހަމުން ދަނިކޮށް ބައިސްކަލާއެކު ރޭލު ދަގަނޑަށް ވެއްޓުމުން ބައިސްކަލު ނަގަން އުޅެނިކޮށް ރޭލުގެ ދަށުވެ ދެއަތް ޗިސްވީއެވެ.

އެ ހާދިސާއަށްފަހު ޕްރޮސްތެޓިކް ނުވަތަ މަސްނޫއީ އަތެއް ހަރުކުރުމަށް ޓެސްޓުތައް ހެދިނަމަވެސް އެ ޓެސްޓުތައް ކާމިޔާބުނުވުމުގެ ސަބަބުން ކުމާރަށް އެހެން މީހުންގެ މައްޗަށް ބަރޯސާވާން މަޖުބޫރުވިއެވެ.

ކުމާރަށް އުންމީދުގެ އަލިކަމެއް ލިބުނީ އޭނާގެ އަތް ބަދަލުކުރެވިދާނެ ކަމުގެ ޚަބަރު ހޮސްޕިޓަލުން ދިނުމާ ގުޅިގެންނެވެ. އޭނާއަށް އަތް ހަދިޔާކުރި މެހްތާގެ އެހެނިހެން ބައެއް ގުނަވަންވެސް އެކި މީހުންނަށް ހަދިޔާކޮށްފައިވެއެވެ. އެގޮތުން އޭނާގެ ޗިސްމެއާއި ކިޑްނީތައްވެސް އެހެެން މީހުންނަށް ހަދިޔާކޮށްފައިވެއެވެ.

ސާ ގަންގާ ރާމް ހޮސްޕިޓަލަކީ އުތުރު އިންޑިއާގައި އަތް އިންދުމުގެ އޮޕަރޭޝަނެއް ހެދުމުގެ ހުއްދަ ލިބުނު ފުރަތަމަ ހޮސްޕިޓަލެވެ. އެ ހުއްދަ ސާ ގާންގާ ރާމް ހޮސްޕިޓަލަށް ލިބުނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އެހެނިހެން ޓްރާންސްޕްލާންޓު އޮޕަރޭޝަންތަކަށްފަހު ބަލިމީހުން އުމުރަށް ބޭނުންކުރަންޖެހޭ އިމުނޮސުޕްރެސެންޓްސް ކުމާރުވެސް ބޭނުންކުރަންޖެހޭނެއެވެ. އެއީ އޭނާގެ ހަށިގަނޑުން އައު އަތްތައް ބަލައިނުގަތުން ހުއްޓުވުމަށެވެ.

އަދި އޭނާގެ އަތްތަކަށް ހިއްސުގެ ބާރު ލިބުމަށް 6 މަހާއި 7 މަހާ ދެމެދުގެ މުއްދަތެއް ހިނގާނެތީ މާފިނި ނުވަތަ ހޫނު އެއްޗެހީގައި އަތްނުލުމަށް ސަމާލުވާންޖެހޭނެ ކަމުގައިވެސް ޑޮކްޓަރުން ބުންޏެވެ.

މި ލިއުމާއި ގުޅޭ