Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޕީއެލް

ބޯޓު ފަހަރުތަކުން ނަގާ ފީ ޑޮލަރުން ނަގާގޮތަށް އެމްޕީއެލުން ނިންމައިފި

އަންނަ މަހުން ފެށިގެން ބޯޓު ފަހަރުން ފީ ނަގާނީ ޑޮލަރުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ވަޖީހު ވިދާޅުވީ ރާއްޖެ އަށް މުދާ އެތެރެކުރާ ޝިޕް އެޖެންޓުން، ދިވެހި ވިޔަފާރިވެރިން އަތުން ޑޮލަރުން ފައިސާ ނަގާފައި ޝިޕް އެޖެންޓުން ފައިސާ ދައްކަނީ ރުފިޔާ އިން ކަމަށްވާތީ އެކަން ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ޝިޕް އެޖެންޓުން ކަޅު ބާޒާރުގައި 17ރ. ނުވަތަ 18ރ. އަށް ޑޮލަރު މާރުކުރުމަށް ފަހު، އެމްޕީއެލް އަށް ފީ ދައްކަނީ ބޭންކް ރޭޓު، 15.42ރ. ގެ ރޭޓުންނެވެ. އެހެންކަމުން މިއީ ބަދަލު ކުރަން ޖެހޭ ކަމެއް ކަމުގައި ވަޖީހް ވިދާޅުވިއެވެ.

ރާއްޖެ އަށް މުދާ ގެންނަ ފަރާތްތަކުން ބޯޓަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށާއި އެ ފަރާތްތަކުން ރުފިޔާ އިން ފައިސާ ދައްކާ ނަމަ އިމްޕޯޓު މުދާ ގެންނަ ފަރާތްތަކުން 20 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ވަޖީހު ވިދާޅުވިއެވެ.

މިއީ އިންސާފެއް ނޫން ކަން ފާހަގަ ކުރައްވައި ވަޖީހު ވަނީ އެއާޕޯޓުން ވެސް ބޯޓުތަކުން ނަގާ ފީތައް ދައްކަނީ ޑޮލަރު ކަމަށެވެ. އެހެންވެ، އެމްޕީއެލް އިން ވެސް އެޖެންޓުންނާއި ކަނޑު ބޯޓުތަކުން ޑޮލަރުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން ތަކެތީގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވަޖީހް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ