Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިޠުރު ޒަކާތް

ފިތުރު ޒަކާތް ބަލައިގަތުން އަންނަ ހޯމަ ދުވަހު ފަށަނީ

އަންނަ ހޯމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވަނީ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސައި، ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުވެސް މިހާރު އާންމުކޮށްފައެވެ.

މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
- އާދައިގެ ހަނޑޫ - 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
- ރަތް ހަނޑޫ - 80 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
- އާދައިގެ ފުށް - 10 ރުފިޔާ
- އާޓާ ފުށް - 75 ރުފިޔާ

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް 11 މާރިޗް 2023 އިން ފެށިގެން މިނިސްޓްރީގެ ހޯލްގައި ޒަކާތް ބަލައިގަންނާނެކަމަށެވެ. އެގޮތުން ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.
މި ލިއުމާއި ގުޅޭ