Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ވަގުތީ މިސްކިތެއް ހުޅުވައިފި

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފި އެވެ.
އިއްޔެ ހުޅުވި އެ މިސްކިތް ގާއިމްކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަހައްދުގަ އެވެ.
މަސްޖިދުލް ޝާކިރީންގެ ނަމުން ނަން ދެވިފައިވާ އެ މިސްކިތަކީ ޖުމްލަ 100 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މިސްކިތެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އެ މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ ޖާގަ ހަމަޖައްސާފައިވެ އެވެ.
އެޗްޑީސީން ބުނީ އެ މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިޔުމަށް ދުރު ސަރަހައްދަކަށް ދާން ޖެހުމުން ދިމާވާ ދަތިތަކަށް ހައްލު ގެނައުމަށް ގާއިމުކުރި މިސްކިތެއް ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް 100 މީހުންގެ ވަގުތީ މިސްކިތެއް ދެވަނަ ފިޔަވަހީގައި ހުޅުވިއިރު، އަމިއްލަ ފަރާތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 1500 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް މިއަދު ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ލިއުމާއި ގުޅޭ