Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޭޖީ އަޙްމަދު އުޝާމް

ހަފްތާ 14 ގައި ހިމެނޭ 9 ބިލެއް މަޖިލީހަށް ހުށަހަޅައިފި

ހަފްތާ 14 ގައި ހިމެނޭ 9 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާނެކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ، ބަންޑާރަ ނައިބުގެ އޮފީހާއި އެހެން ވުޒާރާތައް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އުޝާމް ވިދާޅުވީ، ސަރުކާރުގެ ހަފްތާ 14 ގައި ހިމަނުއްވާފައިވާ ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހިމަނުއްވާފައިވާކަމަށެވެ. އެކަންކަން ހާސިލްކުރުމަށްޓަކައި 9 ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައިވާނެކަމަށް އުޝަމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލްތައް މަޖިލީހުން ފާސްކުރުމުން ކަފާލާތުގެ ނިޒާމް ފުރިހަމަވެގެންދާނެކަމަށެވެ. އެގޮތުން، މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލްތަކުގެ ތެރެއިން ބައެއް ބިލްތައް ވަކިވަކިން ހުށަހަޅުއްވާފައިވާއިރު އަނެއް ބިލްތައް ހުންނާނީ އެއްކޮށްކަމަށް އުޝާމް މައުލޫމާތުދެއްވިއެވެ.

އޭޖީއިން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލްތައް

  • ކޮޕީރައިޓްސް ބިލަށް އިސްލާހް ގެނައުމުގެ ބިލު
  • ޞިއްޙީ ޚިދުމަތުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު
  • ޖިނާއީ އިޖްރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޓްރެވަލް އޭޖެންސީއާ ބެހޭ ބިލް
  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލް
  • ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލް
  • ބިމާ ބެހޭ ބިލް
  • އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލް
  • އިޖްތިމާއީ ބޯހިޔާވަހިކަމުގެ ބިލް

އޭގެ އިތުރުން، ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބަދަލުގައި، ބިމާބެހޭ ގާނޫނު މުޅިން އައުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާނެކަމަށް އުޝާމް ވިދާޅުވިއެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިމާ ބެހޭ ބިލާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އުޝާމް ވިދާޅުވީ، އެ ބިލުގައި ކޮންވެންސިންނާ ލޭންޑް ރީ-އެޖެސްމެންޓާ ބެހޭ ބައިތަކެއް ހިމަނުއްވާފައިވާނެކަމަށެވެ. އަދި މީގެ އިތުރުން، އެ ބިލުގައި ފްރީ ހޯލްޑް އަދި ލީޒް ހޯލްޑްގެ އުސޫލުތަކެއް ހިމަނުއްވާފައިވާކަމަށް އުޝާމްވިދާޅުވިއެވެ.

އިއްޔެގެ ބައްދަލުވުމުގައި އުޝާމް އިތުރަށް ވިދާޅުވީ، މަޖިލީހަށް ހުށަހަޅަންޖެހޭ ބިލްތަކުގެތެރެއިން ހުށަނާޅާއޮތް ހަމައެކަނި ބިލަކީ ނަފްސާނީ ޞިއްޙަތުގެ ބިލްކަމަށެވެ. ނަމަވެސް، އެ ބިލް މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އެގޮތުން، ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި އެ ބިލުގެ މަސައްކަތް އެކީ ނިންމާލެވޭނެކަމަށް އުޝާމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ