Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީ ފަޒުލް ރަޝީދު

ނުގަވާއިދުން ދޫކޮށްފައިވާ 50 ބިމެއް ގަވާއިދުގެ ތެރެއިން އަތުލާނަން: ފަޒުލް

އުސޫލުތަކާއި ޤަވާއިދާ ޚިލާފަށް ކުރީ ސަރުކާރުގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ދޫކޮށްފައިވާ 50 ބިމެއް ޤަވާއިދާއި އުސޫލުތަކުގެ ތެރެއިން އަނބުރާ ނަގާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ލޯކަލް ކައުންސިލުތަކާއި އަތޮޅު ތެރޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރޭ ވ.ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ހުޅުމާލެއިން ކުރީ ސަރުކާރުން ދޫކޮށްފައިވާ ބިންތަކާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރުމާއެކު ބިންތައް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތް ބެއްލެވި ކަމަށެވެ.

ފަޒުލް ރޭ ތަކުރާރުކޮށް ވިދާޅުވީ ކުރިންވެސް އޭނާ ވިދާޅުވި ފަދައިން ހުޅުމާލޭގެ ތިން ފިޔަވަހިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ފަންސާހަކަށް ބިން ދޫކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ނުހައްގުންކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.

"ފަންސާހަކަށް ބިން ހުޅުމާލޭގެ ފޭސް އެކަކުން، ފޭސް ދެއަކުން، ފޭސް ތިނަކުން ދިނީ ނުހައްގުންކަން އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން. މި ކުރެވޭ މަަސައްކަތުގައި ރައްޔިތުންގެ މުދާ ރައްޔިތުންނަށް އަނބުރާ ނަގައިދޭނަން އަޅުގަނޑުމެން،" ފަޒުލް ވިދާޅުވި އެވެ.

އިތުރަށް ފަޒުލް ވިދާޅުވީ ނުހައްގުން ބިންތައް ދޫކުރި ވާހަކަ ދައްކަވައިގެން އޭނާއަށް ފިއްތުންތައް ކުރިމަތިވި ކަމަށެވެ. ފިއްތުންތައް ކުރިމަތިކުރި ނަމަވެސް އަދި ޒާތީ މައުލޫމާތު މީސްމީޑިއާގައި އާންމުކުރި ނަމަވެސް ނުގަވާއިދުުން ކޮށްފައިވާ ކަންކަމުގެ ވާހަކަދައްކަވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ފަޒުލް ވިދާޅުވީ ނުގަވާއިދުން ދޫކޮށްފައިހުރި ބިންތައް އަނބުރާ ހޯދުމުގެ މަސައްކަތް ޤަވާއިދުގެ ތެރެއިން އެޗްޑީސީން ކުރާނެ ކަމަށެވެ. ބިންތައް ލިބުނު ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމާއެކު އެ ބިންތައް އަނބުރާ ހޯދުމުގެ މަސައްކަތްކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެކި އެކި ފަރާތްތަކަށް ދީފައި ހުރި ބިންތައް އަޅުގަނޑުމެން އަތުލުމުގެ މަސައްކަތްކުރާނަން. އެ މީހުންގެ ހައްގުތައް ކަށަވަރުކުރާނަން. ނަމަވެސް ގަވާއިދާ ހިލާފަށް ދެވިފައި ހުރި ބިމެއް ވިއްޔާ އެކަންކަން އަޅުގަނޑުމެން ތަރުތީބުކުރާނީ ގަވައިދުގެ ތެރެއިން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ފާހަގަކުރެއްވި ގޮތުގައި ސީލައިފް ޖައުސާއާއި ޖާހު އަދި ކޭޕާކުން ފުލެޓު ގަތް މީހުންނަށް ބޯހިޔާވަހިކަން ނުލިބި އޮތުމުން، ޖާހަށް ފައިސާތަކެއް އެޗްޑީސީ މެދުވެރިކޮށް ދިނުމަށް ކުރީ ސަރުކާރުން މަސައްކަތްކޮށްފައިވެއެވެ.

އަދި އޭގެ އިތުރަށް ތިލަފުށިން ވަގުތީ ގޮތުން ބޭނުންކުރުމަށް ކަމުގައި ބުނެ 35 ބިމެއް ނުހައްގުން ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.ނ

މި ލިއުމާއި ގުޅޭ