Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ކާބޯތަކެތީގެ ޚިދުމަތްދޭ 993 ތަނެއް ބަލައި ފާސްކޮށްފި

ކާބޯތަކެތީގެ ޚިދުމަތްދޭ 993 ތަނެއް ބަލައި ފާސްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިންތިޒާމުކޮށްގެން ގްރޭޓަރ މާލެ ސަރަހައްދުގައި ފެބްރުއަރީ 19 އިން ފެށީގެން 2 މާރިޗުއާ ހަމައަށް ކުރިއަށް ގެންދިޔަ ކާބޯ ތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބަލާ ފާސްކުރުމުގެ އިންސްޕެކްޝަންގައި 993 ބަލައި ފާސްކޮށްފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ.

އެޗްޕީއޭއިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ހިންގި އިންސްޕެކްޝައާއި ގުޅޭގޮތުން ޓެލެވިޝަން މޯލްޑިވްސް (ޓީވީއެމް)ގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޕްބްލިކް ހެލްތު ކޯޑިނޭޓަރ އަހްމަދު ނާސިރު ވިދާޅުވީ، މި އިންސްޕެކްޝަންގެ މަގްސަދަކީ ރޯދަމަހާ ދިމާކޮށް ކާބޯ ތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އާންމު ސާފުތާހިރުކަން އިތުރުކުރުންކަމަށެވެ. ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރ ފާތިމަތު ރަޝީދާ

އެޗްޕީއޭއިން އެކްސްއަށް އާންމުކޮށްފައިވާ ތަފާސްހިސާބު

ނާސިރު ވިދާޅުވީ، ބައެއް ތަންތަނުގެ ސާފުތާހިރުކަން ދަށްވުމުން ނަސޭހަތް ދީފައިވާނެކަމަށެވެ. އަދި މީގެ އިތުރުން އެފަދަ ތަންތަން ހިންގަނީ ރެޖިސްޓަރ ކޮށްގެންތޯ ނުވަތަ ނުކޮށްތޯ ބަލާފައިވާނެކަމަށެވެ.

އެޗްޕީއޭއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންއާއި ގުޅިގެން އެ އިދާރާގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރ ފާތިމަތު ރަޝީދާ ވިދާޅުވީ، އެފަދަ ތަންތަނުގެ އާންމު ސާފުތާހިރުކަން ހުރީ ކިހާވަރަކަށްތޯ ބަލާފައިވާނެކަމަށެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން ގިނަ ތަންތަން ރަނގަޅުކަންވެސް ފާހަގަކުރެވުނު. އެއާ އެކީގަ ތަންކޮޅެއް ހައިޖީން ދަށްތަންތަންވެސް ފާހަގަކުރެވުނު. ގަވައިދުގެ ދަށުން ރެޖިސްޓްރީ ނުކުރާ ތަންތަންވެސް ފާހަގަވެގެން ދިޔަ
ރަޝީދާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، 993 ތިން ތަނުގެ ތެރެއިން 8 އިންސައްތައިގެ ތަންތަނަކީ ސާފުތާހިރުކަމުގެ މިންވަރު ރަނގަޅު ނޫން ތަންތަންކަމަށް ނަސީރު މައުލޫމާތު ދެއްވިއެވެ. އެހެންކަމުން އެފަދަ ތަންތަނަށް ފޮލޯއަޕް ޒިޔާރަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރާނެކަން އެބޭފުލާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ހަމަ އެފަދައިން، ބަލާ ފާސްކުރެވުނު އަދަދުގެ ތެރެއިން 0.8 އިންސައްތަ ތަންތަނަކީ "ކްރިޓިކަލް" ހާލަތުގައި ހުރި ތަންތަންކަމަށް ނަސީރު މައުލޫމާތުދެއްވިއެވެ. ނަމަވެސް އިންސްޕެކްޝަންގައި އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށް ބުނެފައިވާނަމަވެސް، ސިއްހަތަށް ނުރައްކާވާ ހާލަތަށްގޮސްފައިވާ ތަންތަނާމެދު އެޗްޕީއޭއިން ފިޔަވަޅު އަޅާފައިވާނެކަމަށް ނަސީރު ވިދާޅުވިއެވެ.

ނަސީރު އިތުރަށް ވިދާޅުވީ، ބިދޭހީން ހިންގާބައެއް ތަންތަނުގެ ސާފުތާހިރުކަމުގެ ހާލަތު ދަށްކަމަށެވެ. އަދި މި މައްސަލައަކީ އެޗްޕީއޭއިން ހާއްސަ ސަމާލުކަމެއްދީގެން ބަލަމުން އަންނަ މައްސަލަތަކެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަދި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ނުނަގާ އެފަދަ ކަންކަން އަމިއްލައަށް ހުއްދަކޮށްގެން ހިދުމަތްދޭ ތަންތަނާއި ގުޑުގުޑާ ބޯ ތަންތަނުގައި ގާނޫނާ ހިލާފަށް އަމަލު ކުރުމުންދާ މައްސަލަ އެޗްޕީއޭއިން ބަލަމުންދާކަމަށް ނަސީރު މައުލޫމާތުދެއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ