Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

"ފެނަކަ އޮތީ ރޭޕުކޮށްފައި"، އެމްޑީ ވިދާޅުވެދެއްވީ ކުންފުނި ހާވިޔާކޮށް ވިއްސިވިހާލިކުރި ގޮތް

ފެނަކަ އޮތީ ރޭޕުކޮށްފައި ކަމަށް ވިދާޅުވެ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްދު ރަޝީދު އެ ކުންފުނި އޮތް ހާލަތުގެ ތަފުސީލު ރައްޔިތުންނަށް ވިދާޅުވެދެއްވައިފިއެވެ.

މުއާޒް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. މުއާޒް ވަނީ އެމަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފެނަކަ އޮތް ހާލަތު ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ.

މުވައްޒަފުންގެ މުސާރައަށް ބޮޑު ހޭދައެއް ކުރަންޖެހޭ

މުއާޒް ވިދާޅުވީ، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންނާއެކު ކަމަށެވެ. އަދި ކޮންމެ މަހަކު މުވައްޒަފުންގެ މުސާރައަށް 86 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭ ކަމަށާއި، މަގާމާ ހަވާލުވި އިރު 8000 މުއްޒަފުން އެކުންފުނީގައި މަސައްކަތްކުރާ ކަމަށެވެ. މުއާޒް ވިދާޅުވީ، އެމަގާމާ ހަވާލުވި އިރު ފެނަކަ އޮތީ ބަނގުރޫޓްވެފައި ކަމަށެވެ.

" އާމްދަނީގެ ގޮތުގައި ފެނަކައަށް ލިބެނީ ގާތަގަނޑަކަށް 120މިލިއަން ރުފިޔާ. 120 މިލިއަން ރުފިޔާގެ ތެރެއިން 86 މިލިއަން ރުފިޔާ. ވަރަށް ސިމްޕަލް ހިސާބެއް ހަދާލަންވީ، 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް މިދެނީ. އޮޕަރޭޝަންސްތަކަށްވެސް ބޭނުންވާނެ ފައިސާ. މިއަދުގެ ހާލަތަކީ މިއީ.
މުއާޒް ވިދާޅުވިއެވެ.

އިންޖީނުތައް މަރާމާތުނުކޮށް، މަރާމާތުކުރުމުގެ ނަމުގައި އަހަރު 100 މިލިއަން ޚަރަދުކުރި

ފެނަކަ މިހާލަތަށް ވެއްޓެން މެދުވެރިވި ސަބަބާ ގުޅޭގޮތުން މުއާޒް ވިދާޅުވީ، ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން އޮތީ ރޭޕްކޮށްފައި ކަމަށާއި، މިސަރުކާރުން ފެނަކައިގެ މިހާރުގެ ހާލަތު ބަދަލުކުރާނެ ކަމަށެވެ. އަދި މިހާލަތު ބަދަލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރަންޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ. އެގޮތުން ކުންފުނީގެ މިވަގުތު 500 ދެ ޖެންސެޓު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭނުންކުރާ ކަމަށާއި، މި ޖެންސެޓުގެ ތެރެއިން 300 ޖެންސެޓު މިވަގުތު އޯވަހޯލް ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

" މިރަށުގެ އިންޖީނުގެއަށް ގޮސް މައުލޫމާތު ސާފުކޮށްލަންވީ، ކޮންމެ ރަށަކުންވެސް އިނގޭތޯ. އެރަށަކުން ބުނާނެ އެރަށުގަ ތިން ޖެންސެޓު ހުރިއްޔާ ދެ ޖެންސެޓު ހަމަ އެއްކޮށް ހަލާކުވެފައޭ.
މުއާޒް ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުތެރޭ މެއިންޓެނަންސްއަށް އެއްވެސް ޚަރަދެއް ކޮށްފައިނުވާކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ، 2022، 2023 ވަނަ އަހަރު 90 ޖެންސެޓު ފެނަކައަށް ގަނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ފެނަކައިގެ ހާލަތަކަށް ބަދަލެއް ނާންނަ ކަމަށް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ފެނަކައިގެ ޚަރަދު ފޮތުން ފެންނަ ގޮތުގައި މެއިންޓެނަންސްއަށް ނޫނީ ސާވިސް ކުރުމަށްޓަކައި 100 މިލިއަން ރުފިޔާ އަހަރަކު ހޭދަކުރާ ކަމަށެވެ.

" މި ޖެންސެޓުތަކަށް ބޭނުންވާ ސްޕެއާތަކާ، މި ޖެންސެޓުތަކަށް ބޭނުންވާ (މިސާލަކަށް ރޭޑިއޭޓަރަށް އަޅަން ބޭނުންކުރާ ބައެއް ލިކުއިޑްތައް) މީ އެއްގިތަކަށްވެސް ފެނަކައަށް މިދިޔަ ފަސްއަހަރުގެ ތެރޭގައި ނުގަނޭ އިނގޭތޯ. ރޭޑިއޭޓަރަކަށް އަޅަން ބޭނުންކުރާ އެއްވެސް އެއްޗެއް ނުގަނޭ. މިސާލަކަށް 600ގެ ލޯޑަކަށް ނުހިފެހެއްޓޭ. 300 މިއުޅެނީ ލޯޑު، އެހެންވީމަ އަޅުގަނޑުމެންނަށް މަޖުބޫރުވަނީ އަނެއްކާ އާ އެއްޗެއް ހޯދަން."
މުއާޒް ވިދާޅުވިއެވެ.

ފެނަކައިން ކޮށްފައިވަނީ ވިޔަފާރި ކަމަށާއި، އެގޮތަށް އިންޖީނުތައް ހަލާކުކޮށް އާ އިންޖީނުތަކެއް ގެނެސް ބޮޑު ވިޔަފާރިއެއް ކޮށްފައިވާ ކަމަށްވެސް މުއާޒް ފާހަގަކުރެއްވިއެވެ.

ލޮޖިސްޓިކްސްއަށް އަހަރަކު 117 މިލިއަން ހޭދަކުރި، ދޯންޏެއް ލޭންޑިން ކްރާފްޓެއް ނެތް

ފެނަކައަކީ 157 ރަށަކަށް ޚިދުމަތްދޭ ބައެއްކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ، ލޮޖިސްޓިކްސްއަށް އަހަރަކު 117 މިލިއަން ހޭދަކުރާއިރު ދޯންޏެއް ލޭންޑިން ކްރާފްޓެއް ނެތް ފެނަކައިގެ އެންމެ ކުޑަމިނުން ސާރވިސް ސެންޓަރެއްހާވެސް ނެތް ކަމަށެވެ. މީގެ އިތުރުން ހަމައެކަނި ޓްރާންސްޕޯޓުގެ ކަންތައްތަކަށް، 117 މިލިއަން ރުފިޔާ 2023 ވަނަ އަހަރު ހޭދަކޮށްފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

" އެކަމަކު ފެނަކައިގަ ނެތް ދޯންޏެއް، ލޭންޑިން ކްރާފްޓެއް. މީ ހާލަތު. ބޮޑު އަގުގަ މީހުންނަށް ދެނީ ވިޔަފާރިތައް. މިގިތަށް ގޮސް މި ކުންފުނި މިއިތީ ބަނގުރޫޓްވެފަ."
މުއާޒް ވިދާޅުވިއެވެ.

2019 އިން ފެށިގެން އެސްޓީއޯއަށް ތެލުގެ އަގު ނުދައްކާ

ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ ތަކުރާރުކުރައްވަމުން މުއާޒް ވިދާޅުވީ، 4.3 ބިލިއަން ރުފިޔާގެ ދަރަނި ބޮލުގަ އެޅިފައިވާ ކަމަށާއި، އޭގެ ތެރެއިން 2 ބިލިއަން ރުފިޔާ އެސްޓީއޯއަށް ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފެނަކައަށް ލިބެޖެހޭ ސްބްސިޑީޒްގެ ތެރެއިން އެއްއަހަރު ދުވަހަށް އެޑްވާންސްކޮށްވެސް ސަބްސިޑީޒްވެސް ނަގާފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް އިތުރަށް ވިދާޅުވީ، ފެނަކައިގެ ހާލަތު ރަނގަޅުކުރުމަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ.

ބިލިއަނެއް ޚަރަދުކުރި 60 މަޝްރޫޢު އޮތީ ހުއްޓިފައި

މުއާޒް ވިދާޅުވީ، ކުންފުނިީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ރައީސްގެ އިރުޝާދާއެކީގައި ކުންފުނީގެ ޚަރަދުތައް ކުޑަކޮށް އަލަށް ރެވެނިއު އިތުރުކުރެވޭނެ ގޮތްތައް ތައާރަފް ކުރަމުންދާ ކަމަށާއި، މިހުރިހާ ކަމަކުން ކުންފުނި ސަލާމަތްކުރާނެ ކަމަށެވެ.

ވަރަށް ގިނަ ރަށްރަށުގެ އޮފީސް އިމާރާތް ނުނިމޭ ކަމުގެ ޝަކުވާ އަންނަ ކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައިއިރު، ފެނަކައިގެ 60 ޕްރޮޖެކްޓް ހުއްޓިފައިވާ ކަމަށާއި، އެކަމުގެ ޝަކުވާ އެރަށްރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށެވެ. އެ 60 ޕްރޮޖެކްޓަށް އެކަނި 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

" މި 60 ޕްރޮޖެކްޓުގެ ތެރެއިން ނިމިފަ ހުރި %45. މާނައަކީ 55 ޕްސެންޓް އަޅުގަނޑުމެން އަދި އިތުރު 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ނޫންތޯ؟ އެސްޓިމޭޓެއްވެސް ނަހަދާ މި ޕްރޮޖެކްޓުތައް ހަދާފަ ހުރީ. 23 މިލިއަން ރުފިޔާ ދާންވާ ތަނަކަށް މިހާރުވެސް 55 މިލިއަން ރުފިޔާ ހިނގައްޖެ." ފެނަކަ އެމްޑީ މުއާޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ