Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ސަރުކާރު ކުންފުނިތަކުން ކުރިން ކުރަމުން އައި އިސްރާފު މިހާރުވާނީ ހުއްޓުވާފައި: ރައީސް

ސަރުކާރު ކުންފުނިތަކުން ކުރިން ކުރަމުން އައި އިސްރާފު މިހާރުވާނީ ހުއްޓުވާފައިކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރ.އަތޮޅަށާއި ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން މާ ރަނގަޅަށް ނުހިގައި ނުނިމި ހުރި ކަންކަންވެސް މި ސަރުކާރުން ވީ ވަރަކުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އެމނަިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތަކެއް ފަށާފައިވީ ނަމަވެސް އިތުރަށް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ފަހިވެފައި ނުވާ ފަދަ މަޝްރޫއުތައް އެބަ ހުރިކަމަށެވެ.

"އެހެން އޭރުގައި ކަންތައްތައް ގޮސްފައި ހުންނަނީ، އެކަންކަން ކަމު ނުގޮސްގެން އެހެން ބަޔަކާ މި އޮތީ ކަންކަން ކުރަން ހަވާލުކޮށްފައި" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިތުގައި ބަނދަރު މަޝްރޫއު އާއި ސްކޫލު ހެދުމުގެ މަޝްރޫއުތައް ފަދަ މަޝްރޫއު ކުރިއަށް ގޮސްފައި ހުރި ނަމަވެސް މެދު ތެރެއިން ހުއްޓިފައި ވާކަމަށާއި އެ މަސައްކަތްތައް ކުރި ބަޔަކުވެސް އެނގެން ނެތް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު އެފަދައިން ހުއްޓިފައިވާ އެތައް މަސައްކަތެއްވާކަމަށާއި މިދިޔަ 100 އެއްހާ ދުވަހުގެ ތެރޭގައި މި ސަރުކާރުގެ ގިނަ މިނިސްޓަރުން މަސައްކަތް ކުރަން ޖެހިވަޑައިގަތީ އެފަދަ ހުއްޓިފައި ހުރި މަސައްކަތްތަކަށް މަގު ކޮށުއްވުމުގައި ކަމަށެވެ.

"9000 މިލިއަން ރުފިޔާ އެކި ކުންފުންޏަށް ދޭން ޖެހޭ، މި ހުރިހާ ފައިސާއެއް ދައްކަމުން އަލުން އެ މަސައްކަތް ފަށަމުން މިދިޔައީ، މި ކަހަލަ ހާލަތެއްގައި ގައުމު ދޫކޮށްލާފައި މިދިޔަ ސަރުކާރުން އެ ދިޔައީ" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އެންމެ ބޮޑަށް ހާލުގައި ޖައްސާފައި ދޫކޮށްލި ކުންފުންޏަކީ ފެނަކަ"
ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކަށްވެސް މިދިޔަ ސަރުކާރުން ޖެއްސި ހާލަކީ އެއީކަމަށާއި ރާއްޖެ އަންނަ އިންޓަނޭޝަނަލް ބޮޑީތަކުން އައިސް އިކޮނޮމީ ދިރާސާކުރުމަށްފަހު ނެރޭ ރިޕޯޓުތަކުގައި އެކަންކަން ފާހަގަކޮށްފައިވާކަމަށެވެ.
އެހެންވެ ސަރުކާރުގެ އިގްތިޞާދީ އެޖެންޑާ ހުށަހެޅިއިރުގައި ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމަށް ސިޔާސަތެއް އެކަށައަޅާނެކަމަށް ބުނެފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުންފުނި ތަކުން ކުރާ އިސްޜާފު މިހާރު ހުއްޓިފައި އޮންނާނީ، ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެބަ ކުރަން" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ