Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އަޅުގަނޑަށް އެންމެ މުހިއްމީ ރައްޔިތުންގެ ފުއްދުންތެރިކަން، ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައިވާން އަޅުގަނޑު ބޭނުން: ރައީސް

އެމަނިކުފާނަށް އެންމެ މުހިއްމީ ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުވުންކަމަށާއި ކޮންމެ ރައްޔިތަކީ މުއްސަންޖެއްކަމުގައިވުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ.މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެމަނިކުފާނު ބޭނުންފުޅުވަނީ އެ ރަށުގެ ރައްޔިތުންނާއި ދާއިރާގެ ރައްޔިތުންނާއި ޖުމްލަކޮށް ހުރިހާ ދިވެހި ރައްޔިތުންނަކީ ތަނަވަސް މުއްސަނދި ބައެއްކަމަށްވުމަށް ކަމަށެވެ.

އަޅަގަނޑަށް އެންމެ މުހިއްމީ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވެގެންދާން. ކޮންމެ ފަރުދަކު ކޮންމެ ރައްޔިތަކީ މުއްސަންޖަކަށްވާން އަޅުގަނޑު ބޭނުން އަޅުގަނޑުގެ މިދައުރު ނިމިގެންދާއިރު،" ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ މުއްސަނދިކަން މާނަކުރައްވާ ގޮތް ތަފުސީލުކޮށް ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ލިބުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ މުއްސަނދިކަމަކީ އާމްދަނީ އިތުރުވެގެން ލިބޭ މުއްސަނދިކަން އަދި ފުދުންތެރިކަމުގެ ގޮތުން ގެދޮރުވެރިކަން ހާސިލުވުމުން ލިބޭ މުއްސަނދިކަމާއި، އިޖުތިމާއީ ގޮތުން ލިބޭ ހިތްހަމަޖެހުމުން ހިތަށް ލިބޭ މުއްސަނދިކަން ކަމަށެވެ.

އަދި ޤައުމު އަމިއްލަ ފައިމައްޗަށް ތެދުވެގެންކަން ޔަގީންވުމުން ކުރެވޭ އުފާވެރި އިހުސާސްގެ މުއްސަނދިކަމާއި، އަމިއްލަ ފުދުންތެރިކަން އިތުރުވެ ދަރިންގެ ކަންކަން ކުރެވުމުން އެލިބޭ އުފާވެރިކަމުގެ މުއްސަނދިކަންވެސް ރައްޔިތުންނަށް ހާސިލުކޮށްދެއްވަން ބޭނުންފުޅުވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ގިނަ ވައުދުތަކެއް ތަކުރާރުކުރެއްވުމާއެކު އެ ވައުދުތައް ފުއްދެވުމަށް މިހާރު ކުރައްވަމުންދާ މަސައްކަތްތައް ހިއްސާކުރައްވައި ރައީސްވަނީ އެ ހުރިހާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ