Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ފައިނު ކައުންސިލާއި ރައީސް ބައްދަލުކުރައްވައިފި

މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

ރ. އަދި ބ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފައިނުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފިއެވެ.

ރ. މީދޫ ކައުންސިލް އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި ފައިނު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރައްވާފައެވެ. މިގޮތުން ފައިނުގައި ހުއްޓިފައިހުރި މަޝްރޫޢުތައް އަލުން ކުރިއަށް ގެންގިްދިނުމަށް ފައިނު ކައުންސިލުން ރައީސްގެ އަރިހުގައި ވަނީ ދަންނަވާފައެވެ.

އަދި މިގެ އިތުރުން ފައިނުގައި ހިންގުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެންޕޭން ދުވަސްވަރު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރުމަށް ތަރުތީބެއް ކަނޑައެޅުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން ވަނީ މިބައްދަލުވުމިގައި, އެވުޒާރާތަކާއި ގުޅޭ މަޝްރޫޢުތަކުގެ އެންމެފަހުގެ އަދާހަމަ ކައުންސިލާއި ހިއްސާކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ