Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު ޑރ.ޚަލީލު

އެއާ އެމްބިއުލާންސްގެ ވާހަކަދެއްކުމުން ކުރީސަރުކާރުތައް ދިޔައީ ސިއްސައިގެން: ޚަލީލް

އެއާ އެމްބިއުލާންސްގެ ވާހަކަދައްކާއިރަށް ކުރީ ސަރުކާރުތަކުން ދިޔައީ ސިއްސައިގެން ކަމަށް ސިއްޚަތާއިބެހޭ ވަޒީރު ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ.

އެއާ އެމްބިއުލާންސްގެ ވާހަކަދެއްކުމުން, ކުރީ ސަރުކާރުތަކަށް ފުރަތަމަވެސް ޚިޔާލަށް ގެންނަނީ އެކަމުގެ އަގުބޮޑުކަމާއި އެޚިދުމަތް ތަޢާރަފްކުރުމަށް ހުރި ދަތިތަކާއި އުނދަގޫތައް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤާބިލް ވިސްނުންފުޅުން ރާއްޖޭގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރައްވައިގެން ވަރަށް ކުޑަ ކުޑަ ޚަރަދަކުން ރާއްޖޭގައި މިހާރު އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށްޓަވާފައިވާކަމަށެވެ.

މިނިސްޓަރ ޚަލީލް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އަލިފުށްޓަށް ވަޑައިގެން އެަރށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވުނު ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ މުހިއްމު ޚިދުމަތްތައް ތަޢާރަފުކުރުމަށް ކުރިން ދިވެހި ދައުލަތުން "ލޯލާރި" އެއްވެސް ޚަރަދުކޮށްފައި ނުވާކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ފުރާނަ ސަލަމާތްކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިވަނީ އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް މިޚިދުމަތް ފަށްޓަވާފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވިސްނުންތެރި ވެރިޔަކު ވަޑައިގެންނެވުމުން މިފަދަ ކަންކަމަކީ "ރޮކެޓްސައިންސް" ނޫންކަމުގައި އެނގިގެންދާކަމަށެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް, ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މާރިޗް މަހުގެ 1 ވަނަ ދުވަހު ވަނީ ފަށާފައެވެ.

މި ލިއުމާއި ގުޅޭ