Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

އަވަނެއް އޯވާ ހީޓުވެ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ތިން މީހަކަށް ފަރުވާދެނީ

މާލޭގެ ހެންވޭރު ގެއެއްގައި އަވަނެއް އޯވާ ހީޓުވެ ހިނގި އަލިފާނުގެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ ފަރުވާ ދެމުންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

ހ.ސަންގުރޭޒް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއަށް މައުލޫމާތު ލިބުނީ އިރުއޮއްސި 6:06 ހާއިރުކަމަށް ޤައުމީ ދިފާއީ ބާރުން ބުނެއެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާ ހިނގުމަށް މެދުވެރިވީ އެ ގޭގައި ހުރި އަވަނެއް މާބޮޑަށް ހޫނުވެގެން ކަމަށެވެ.

މި މައްސަލާގައި އަނިޔާވީ ބިދޭސީއަކަށާއި ދެ ދިވެހިންނަށެވެ. ބިދޭސީމީހާގެ ފައި ފިހިފައިވާއިރު ދެ ދިވެހިންނަށް އަނިޔާވީ ދުމުގެ އަސަރުކުރުމުންނެވެ. އަނިޔާވި ދެ ދިވެހިންނަކީ އުމުރުން ދުވަސްވީ ދެމީހުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި 3 މީހުންނަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައިކަމަށްވެސް ޤައުމީ ދިފާއީ ބާރުން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ރެސްކިއު ސާވިސްގެ ފަޔާ ފައިޓަރުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރިވެ 18:23 ހާއިރު އަލިފާންވަނީ ހަންމަތަކޮށްފައިވެއެވެ.

އަލިފާންގަނޑު ނިއްވާލާފައިވާއިރު އެ އަލިފާން ރޯވީ ބިދޭސީން ދިރިއުޅޭ ތަނެއްގައިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ލިއުމާއި ގުޅޭ