Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހެލިކޮޕްޓާ

އިމަޖެންސީ ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ގާނޫނީ ލަފާދޭނެ ބަޔަކު ހޯދަނީ

އިމަޖެންސީ ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ގާނޫނީ ލަފާދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓު އަދި ސިވިލް އޭވިއޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ،، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި، މިކަމަށް ބޭނުންވަނީ ތަޖުރިބާ ހުރި ފަރާތެއް ކަމަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން ހެލިކޮޕްޓަރު ހިދުމަތް ދޭނެ ފަރާތެއް ހޯދަން ކުރާ އިއުލާނުތައް އެކުލަވާލުމާއި، ލިބޭ ބިޑުތައް ރިވިއު ކުރުމާއި މަސައްކަތަށް ބޭނުންވާ ހުރިހާ ގާނޫނީ ލިޔެކިޔުންތަކެއް ތައްޔާރުކުރުން ހިމެނެއެވެ.

މީގެ އިތުރުން މަޝްރޫއުގެ ރަސްމީ އެއްބަސްވުން ތައްޔާރުކުރުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. އަދި ތަޖުރިބާ އާއި ގާބިލު ކަމަށް 75 ޕަސެންޓް އަދި ކޮންސަލްޓަންޓަކު ހޮވުމުގައި ހުށަހަޅާ އަގަށް 25 ޕަސެންޓް މާކްސް ދޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

މި ލިއުމާއި ގުޅޭ