Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

ނިމުނު އަހަރަށްވުރެ 2.1 ބިލިއަން ރުފިޔާއިން ޚަރަދު ކުޑަކޮށް ބަޖެޓުގެ އަރަނި 314 މިލިއަނަށް

ފާއިތުވި އަހަރު ޖަނަވަރީ 1 ވަނަ ދުވަހުން ފެބްރުއަރީ 22 ވަނަ ދުވަހާ ހަމައަށް ޚަރަދުކުރި މިންވަރަށްވުރެ 2.1 ބިލިއަން ރުފިޔާއިން ޚަރަދު ކުޑަކުރުމާއެކު، ބަޖެޓުގެ އަރަނި 314 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މި އަހަރު ޖަނަވަރީ އެއްވަނަ ދުވަހުން ފެބްރުއަރީ 22 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.8 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 5.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

ނިމުނު އަހަަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ މި އަހަރާ އަޅާބަލާއިރު އިތުރުވި ނަމަވެސް ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތުން ކުރި ޚަރަދު އާމްދަނީއާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓުވަނީ 1.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެގޮތުން 2023 ވަނަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބުނުއިރު އެ މުއްދަތުގައި 6.6 ބިލިއަން ރުފިޔަ ޚަރަދުކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ޖުމްލަ ބަޖެޓު ދަރަނި 1.2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

މި އަހަރުގެ އެ މުއްދަތުގައި 4.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު އެ މުއްދަތުގައި ދައުލަތުން ޚަރަދުކޮށްފައިވަނީ ޖުމްލަ 4.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ލިބުނު އާމްދަނީއަށްވުރެ އިތުރަށް އެ މުއްދަތުގައި ޚަރަދުނުކުރުމުގެ ސަބަބުން ބަޖެޓުވަނީ 314 މިލިއަން ރުފިޔާއިން އަރަނިވެފައެވެ.

ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 6.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މި އަހަރު ހޭދަކުރި 4.5 ބިލިއަން ރުފިޔާއަކީ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ މަދު އަދަދެެކެވެ.

މި މުއްދަތުގައި ދަރަނި އަދާކުރުމަށް ކުރި ޚަރަދުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރުމަށް ހޭދަކުރީ 505 މިލިއަން ރުފިޔާއެވެ. މި އަހަރު، ދަރަނި އަދާކުރުމަށް 535 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ދަރަނި އިތުރުވެ، ކޮންމެ އަހަރަކު އަންދާޒަކުރާ މިންވަރަށްވުރެ ބޮޑަށް ދައުލަތުގެ ބަޖެޓު ޑެފިސިޓުވަމުންދާތީ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ދައުލަތުގެ ޚަރަދުކުޑަކުރަން ތަކުރާރުކޮށް އެއިރުގެ ސަރުކާރަށް އިލްތިމާސްކުރި ނަމަވެސް އެއިރު ޚަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރެއްވުމަށް، ދައުލަތުގެ ޚަރަދުތައް މަދުކޮށް، ލިބޭ އާމްދަނީއާއި ކުރާ ހޭދައިގެ ފަރަގު ވީހާވެސް ބޮޑަކަށް ކުޑަކުރެވޭނެ ގޮތަށް ދައުލަަތުގެ ފިސްކަލް ސިޔާސަތު ހިންގެވުމުގެ ވައުދާއެކުއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓު ޑެފިސިޓު ދެމެހެއްޓެެނެވި މިންގަނޑެއްގައި ހިފަހައްޓައި ދައުލަތުގެ ދަރަނީގެ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކަށް އައިއެމްއެފްއާއި ވޯލްޑް ބޭންކު ފަދަ މާލީ އިދާރަތަކުން އަންނަނީ ތާރީފުކުރަމުންނެވެ.

އެގޮތުން އައިއެމްއެފްގެ ޗާޓާގައި ބަޔާންކުރާ އުސޫލުގެ މަތިން އެ އިދާރާގެ މުވައްޒަފުން ރާއްޖެއަށް ކުރި ދަތުރަށްފަހު ނެރުނު ބަޔާނުގައި އައިއެމްއެފުން ބުނެފައިވަނީ މިހާރު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ ހިރާސްތަކުގެ ނުރައްކާ ކުޑަކުރެވޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ