Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެއާ އެމްބިއުލާންސް

އެއާ އެމްބިއުލާންސްގެ ފުރަތަމަ މެޑިކަލް ޗާޓަރ ފްލައިޓް ކުޅުދުއްފުށި ސިޓީއަށް

ސިއްހީ އިތުރު ފަރުވާއަށް ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލުމަށް ރާއްޖޭގައި އިއްޔެ ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ފުރަތަމަ ބަލި މީހާ އުފުލައިފި އެވެ.

އެއާ އެމްބިއުލާންސްގައި އުފުލި ފުރަތަމަ ބަލި މީހާ ގެނައީ ހދ. ކުޅުދުއްފުށިން މާލެއަށެވެ. ބަލިމީހާ ގޮވައިގެން އެއާ އެމްބިއުލާންސް އައިސްފައިވަނީ ރޭ މެންދަމު 3:40 ހާއިރު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އިއްޔެ ފެށި އެއާ އެމްބިއުލާންސް ހިދުމަތުގައި އިއްޔެ ބޭނުންކުރަން ފެށީ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން އިއްޔެ ފެށި މަތިންދާބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި، ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވާ ބޯޓެއްކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

މާޗު މަހުގެ 1 ވަނަ ދުވަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެވާހަކަފުޅުގައި އެމަނިކުފާނު އިއުލާނުކުރެއްވި ގޮތުގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދަތުރުތަކަށް އެ ކުންފުނިން ބޭނުންކުރާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށްގެންނެވެ.

"ބަލިމީހުން އުފުލަން އެއާ އެމްބިއުލާން 1 މާޗުން ފެށިގެން އުދުހެން ފަށާނެ. ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް-8ގެ އަޅުގަނޑުމެންގެ މަތިންދާބޯޓު ބަދަލުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި،" އެދުވަހު ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ވެވަޑައިގެންނެވި އެއާ އެމްބިއުލާންސް ޚިދުމަތް ޤާއިމުކުރުމުގެ ވައުދުފުޅަކީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ފެއްޓެވުމަށް ކަނޑައެޅުއްވި ސިޔާސަތެކެވެ.
މި ލިއުމާއި ގުޅޭ