Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މާލޭގެ ބައެެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރު ސޯސަންމަގު، ޖަނަވަރީ މަގު އަދި ތުއްރަވަސް ގޯޅި ހިމެނޭ ސަރަހައްދުން ސަރަހައްދުން މިއަދު ހެނދުނު 10:30 އިން މެންދުރު 12:30އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ ދޭތެރެ ދޭތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލާކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ