Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

ޖަޕާނުގެ އުފަންވާ ރޭޓް ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ

ޖަޕާނުގެ އުފަންވާ ރޭޓް ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާއިރު، އުފަންވާ ކޮންމެ ކުއްޖަކަށް ދެ މީހުންނަށް ވުރެ ގިނައިން މަރުވާކަމަށް ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖަޕާނުގައި އުމުރުން ދުވަސްވެފައިވާ ބޮޑު އާބާދީއާ ކުރިމަތިލާން ޖެހިފައި މިވަނީ އުފަންވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މިދިޔަ އަހަރު ދަށަށް ގޮސްފައި ވަނިކޮށެވެ. ޖަޕާނުގައި 2022 ވަނަ އަހަރު އުފަންވީ އެންމެ 758،631 ކުދިން ކަމަށް ސަރުކާރުގެ އިބްތިދާއީ ތަފާސް ހިސާބުތަކުން ދައްކާއިރު 1.59 މިލިއަން މީހުން ވަނީ މަރުވެފައެވެ.
މިއީ އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ދެ މަރަށް ވުރެ ގިނަ މީހުން މަރުވާ މިންވަރެކެވެ. ރެކޯޑް ބަލަހައްޓަން ފެށި ފަހުން ޖެހިޖެހިގެން އަށް އަހަރު ޖަޕާނުގައި އުފަންވާ ނިސްބަތް ވަނީ ދަށަށް ގޮސްފަ އެވެ.
އަދި މިދިޔަ އަހަރު ރަޖިސްޓްރީކުރި ކައިވެނީގެ އަދަދު ވެސް ވަނީ ފަސް ލައްކައަށް ވުރެ ދަށްވެފަ އެވެ. ތަޖުރިބާކާރުން ބުނާގޮތުން ޖަޕާނަށް މިމައްސަލަ ދިމާވަނީ ޖަޕާނުގެ ޒުވާން ކުދިން ކައިވެނި ކުރުން ލަސްވުމާއި އިޖްތިމާއީ އަދި އިގްތިސާދީ ޕްރެޝަރުގައި ތިބުމުގެ ސަބަބުން ކަމަށެވެ.
ޖަޕާނުގެ އާބާދީ ހަލުވިކަމާއެކު ދަށްވެ، މަސައްކަތްތެރިންގެ އަދަދު މަދުވުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ނުރައްކާވެ، ގައުމީ ޕެންޝަން ސިސްޓަމްތައް ވަނީ އޯވަލޯޑްވެފައެވެ. ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވަނީ މި މައްސަލަތައް ހައްލު ކުރުމަށްޓަކައި ސިޔާސަތުތައް އިސްލާހު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
"ދަރިން ހޯދުމަށް އޮތް ހުރަސްތއް ނައްތާލުމަކީ މިހާރުން މިހާރަށް ހައްލު ކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް،" ދަރިމައިވުމުގެ ބޭސްފަރުވާގެ އެހީތެރިކަން އިތުރުކުރުމުގެ ލަނޑުދަނޑިތައް ފާހަގަކުރައްވަމުން ކިޝިދާ ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އުފެއްދުން ތެރިކަމާއި، އިޤްތިޞާދު ކުރިރެވުމަށް ޖަޕާނު ސަރުކާރުން ހޭލުންތެރިވެފައިވީ ނަމަވެސް، އުފަންވާ މީހުންގެ ނިސްބަތް ދަށަށް ދިއުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން އިމިގްރޭޝަނާއި އަންހެނުންގެ މަސައްކަތުގެ މާހައުލުގެ ހަމަހަމަކަން އިތުރުކުރުމާ ބެހޭ ގޮތުން ތަފާތު ބަހުސްތައް ޖަޕާނުގައި މިހާރު ކުރިއަށް އެބަދެއެވެ.
ޖަޕާނުގެ އާބާދީ އިތުރުވުމުގެ ނިސްބަތުން ހަލުވިކަމާއެކު ދަށްވެ، އަހަރެއްގެ މައްޗަށް އެއް މިލިއަނާ ގާތްކުރާ އަދަދަކަށް ރައްޔިތުން މަރުވެއެވެ. ތަޖުރިބާކާރުން އިންޒާރު ދެނީ ދަރިމައިވުމުގެ މައްސަލަތަކަށް ހައްލެއް ނުގެނެވޭހާ ހިނދަކު ޖަޕާނުގެ އާބާދީ ބެލެންސް ނުކުރެވޭނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ