Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާއިން ޝަހީދުވި މީހުންގެ ޢަދަދު 30,000 އިން މައްޗަށް އަރައިފި

ޔަހޫދީ އިސްރާއީލް ސިފައިން ހުއްޓުމެއްނެތި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 30,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފަށައި ޔަހޫދީ ފައުޖުން މުސްލިމުންގެ ގެދޮރަށް ބޮންއަޅައި އެ ސަހަރަށް އަރައި ޤަތުލުޢާންމުތައް ހިންގަން ފަށާފައި ވަނީ މީގެ ފަސް މަސް ދުވަސް ކުރިން އޮކްޓޫބަރު 7 ވަނަ ދުވަހުއެވެ.
ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނެސް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލަން ދަނީ މަސައްކަތް ކުރަމުންނެވެ. ފަރަންސޭސިވިލާތުގެ ޕެރިހުގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި އެއްބަސްވުމެއްގެ ދެލިކޮޕީ އެކުލަވައިލާފައިވެއެވެ. އަދި ޙަމާސުން މިހާރު ދަނީ އެ ދެލިކޮޕީ ދިރާސާ ކުރަމުންނެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް ބެލެވޭ ކަމުގައި އެމެރިކާ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވެއެވެ.
ޔަހޫދީންގެ ރަޙުމެއް ނެތް ޢުދުވާނާ ގުޅިގެން ޣައްޒާގެ ރައްޔިތުން ވަނީ ބިކަވެފައެވެ. އެ ސަހަރުގެ 2.3 މީހުން ވަނީ ނިކަމެތިވެފައެވެ. އެ މީހުން ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ހަސްފަތާލުތައް ވަނީ ބަންދު ކުރަން މަޖުބޫރު ކުރުވާފައެވެ. ޞިއްޙީ ޚިދުމަތްތައް ވަނީ ހުއްޓުމަކަށް ގެނުވާފައެވެ. ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އަޅައި, ޔަހޫދީން ދަނީ ޣައްޒާގެ ކުޑަކުދިން ހައިހޫނު ކަމުގައި މަރަމުންނެވެ.
"ފައިދާ ހުރި ކާނާ ނުލިބުމާއި, ފެން ނުލިބުމާއި ބަލިމަޑުކަމުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ޝަހީދުވެއްޖެ،" ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވިއެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުވައި އިތުރު ކުޑަކުދިން ޝަހީދު ކުރުން ހުއްޓުވުމަށް އޭނާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ.
އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބައިނަލްއަޤުވާމީ ތަރައްޤީއާ ބެހޭ އެމެރިކާގެ އިދާރާ (ޔޫއެސްއެއިޑް)ގެ އިސްވެރިޔާ ސަމޭންތާ ޕަވަރ ވިދާޅުވީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތުދީ އިތުރު ސަރަޙައްދީ ހުރަސްތައް ހުޅުވައިލަން ޖެހޭ ކަމުގައެވެ. އަދި ޣައްޒާގައި 2.3 މިލިޔަނެއްހާ މީހުން އިންސާނީ އެހީއަށް ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. "މިއީ, އެ މީހުންގެ ދިރިހުރުމާ ގުޅިފައިވާ ކަމެއް،" ޕަވަރ ވިދާޅުވިއެވެ.
ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ފަލަސްޠީނުގެ 79 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އޮކްޓޫބަރުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 70,000އަށް އުފުލިފައެވެ.

ކުރއަށް ރޯދަމަސް ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓައިލާނެކަމަށް އެމެރިކާގެ ރައީސ ޖޯބައިޑެން ބުނި ނަމަވެސް އެފަދަ އެއްވެސް އަލާމާތެއް އިސްރާއީލްގެ އަމަލުތައް ހުރިގޮތުން އަދި ފެންނަމުން ނުދާކަމަށް ބައިނަލް އަޤުވާމީ ނޫސް އެޖެންސީތަކުން ރިޕޯޓް ކުރެއެވެ.

މި ލިއުމާއި ގުޅޭ