Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރޯދަމަހު އިމިގްރޭޝަނުގެ ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފި

ރޯދަމަހު އިމިގްރޭޝަނުގެ ހިދުމަތް ލިބޭނެ ގަޑިތައް ގެޒެޓު ކޮށްފިއެވެ.

އިމިގްރޭޝަނުން ގެޒެޓު ކޮށްފައިވަނީ ރޯދަމަހުގެ ފުރަތަމަ 20 ދުވަހުގެ އިތުރުން ހަރޯދައިގައި ހިދުމަތްދޭ ގަޑިތަކެވެ.

އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް 24 ގަޑިއިރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމަށް ވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.

އަދި އިތުރަށް އިމިގްރޭޝަނުން ހާމަކޮށްފައިވަނީ ގޮތުގައި ޕާސްޕޯޓު ނެގުމަށް މާލެއިން ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށާއި ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:05 އިން މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.

ވިސާއާއި ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަކި ވަގުތުތަކެއް އިމިގްރޭޝަނުން ބުނެއެވެ.

  • - އިމުގާ އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން - ހެނދުނު 9:00 އިން ހަވީރު 17:00 އަށް
  • - އެޕޮއިންޓްމަންޓު އުސޫލުން ވާކްވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުން - ހެނދުނު 9:00 އިން 10:45 އަށް
  • - އެޕޮއިންޓްމަންޓު އުސޫލުން ވާކްވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓު ދޫކުރުން - ހެނދުނު 11:00 އިން މެންދުރު 12:30އަށް
  • - އެޕޮއިންޓްމަންޓު އުސޫލުން ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓު ބަލައިގަނެ، ވިސާ ޖަހައިދިނުން - ހެނދުނު 9:05 އިން މެންދުރު 12:00އަށް

އިމިގްރޭޝަނުން ހާމަކޮށްފައިވަނީ ވޯކްވިސާ ޚިދުމަތާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވުމަށް ހެނދުނުގެ 9:05 އިން މެންދުރުގެ 13:00 އާއި ދޭތެރޭގައި 919153 އަށް ގުޅުމަށާއި އަދި ވިސާގެ ޚިދުމަތާއި ގުޅޭ އެހެނިހެން މައުލޫމާތު ސާފުކުރުމަށް ހެނދުނު 9:05 އިން މެންދުރު 13:00 އާއި ދޭތެރޭގައި 9199157 ގުޅުމުން ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

9:00 އިން 11:00އަށް ވޮލަންޓަރީ ޑިޕާޗާ ޓޯކަން ދޫކުރުމާއި އިންޓަވިއު ކުރުމާއި ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ އިތުރުން ކްލިއަރެންސް ޑީޕާޗާ ފޯމާއި މެޑިކަލް އަންފިޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށާއި އަދި ކްލިއަރެސް ޑިޕާޗާ ފޯމާ މެޑިކަލް އަންފިޓް އެޕްލިކޭޝަން އެޕްރޫވްކޮށް އިޝޫ ކުރާނީ މެންދުރު 12:00 އިން 13:30 ގެ ނިޔަލަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ކުރިއަށް އޮތް ރޯދަ މަހަށާއި ހަ ރޯދައިގެ ދުވަސްތަކުގައި ސަރުކާރުގެ ރަސްމީ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 1:00ގެ ނިޔަލަށް ކަމަށާއި އަދި ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ވުމާއެކު އެ ދުވަސްތަކުގައި އިމިގްރޭޝަން ވެސް ބަންދުވާނެއެވެ.

މި ލިއުމާއި ގުޅޭ