Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މޯލްޑިވިއަންއިން އޭޕްރީލް މަހުގައި ކޮލަމްބޯއަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން އޭޕްރީލް މަހުގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ކޮލަންބޯއަށް ދަތުރުތަށް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 15 ގައެވެ. މިކަމާ ގުޅިގެން އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައިވަނީ މި ސްޓްރެޓެޖިކް ފިޔަވަޅަކީ ރާއްޖެއާއި ބައިނަލްއަޤްވާމީ މުހިންމު މަންޒިލްތަކާ ދެމެދު ގުޅުން ބަދަހިކޮށް، ސަގާފީ މުޢާމަލާތްތަކާއި އިޤްތިޞާދީ ގުޅުން ތައް ކުރިއެރުވުމަށް މޯލްޑިވިއަން އިން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިޔަވަޅެއް ކަމުގައެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް އިޔާސް ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ފަރަގު ނައްތާލައި، ކޮލޮމްބޯއަށް ހިދުމަތް ކުރުމުގެ ފުރުސަތަކަށް އިންތިޒާރު ކުރަމުން ދާކަމަށާއި އަދި މިގޮތަށް ދަތުރުތައް ފުޅާކުރުމުގެ ސަބަބުން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ނެޓްވޯކް އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ދިވެހިރާއްޖެ ގުޅާލުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށެވެ. އަދި މި އާ މަގު ހަގީގަތަކަށް ހެދުމަށް އެއްބާރުލުން ދެއްވި ހުރިހާ އިދާރާތަކަށާއި ބައިވެރިންނަށް އިޔާސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މޯލްޑިވިއަން އިން ހާމަކުރާ ގޮތުގައި މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަނާއި ޓިކެޓިން އޮފީހުން ކޮލަންބޯ ރޫޓުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ.

ކޮލަންބޯ އަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމްކޮށްދިނުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ކޮލަމްބޯއަށް ހަފްތާއަކު ދެ ފްލައިޓް ކޮލަންބޯ އަށް ދަތުރުކުރާގޮތަށް ހަމަޖައްސާފައެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތަކުގައި ރާއްޖޭގެ 16 މަންޒިލެއް ހިމެނޭ މޯލްޑިވިއަންގެ ފުޅާ ޑޮމެސްޓިކް ނެޓްވޯކަށް މެދުކެނޑުމެއް ނެތި ކަނެކްޝަން ވެސް ލިބޭނެ އެވެ.

މި ލިއުމާއި ގުޅޭ