Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް އެއާ އެމްބިއުލާންސްގެ ފޮޓޯ އާންމުކުރައްވައިފި، މާދަމާ ޚިދުމަތް ފަށާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މާދަމާ ފަށާ އެއާ އެމްބިއުލާންސްގެ ޚިދުމަތަށް ބޭނުންކުރާ މަތިންދާބޯޓުގެ ފޮޓޯ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާންމުކުރައްވައިފިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުން އެކި ތަންތަނަަށް ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސް ބޭނުންކުރުމުގެ އިތުރަށް ރާއްޖެއިން ބޭރަށްވެސް ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސް ބޭނުންކުރެވޭނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މާދަމާ އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިގެންދާއިރު އެންމެ ފުރަތަމަ އެއާ އެމްބިއުލާންސްގައި ރާއްޖެއިން ބޭރަށް ބަލިމީހުން އުފުލާނީ އަވައްޓެރި އިންޑިއާއާއި ސްރީލަންކާއަށެވެ. އެއަށްފަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ތައިލެންޑާ ހަމައަށް ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަވަން ރައީސްވަނީ ވައުދުވެވަޑައިގެންފައެވެ.

ލޭންޑް ކްރާފްޓަކާއި ސީ ކްރާފްޓެއް އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވާއިރު، ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސީ ކްރާފްޓު ބޭނުންކުރާނީ އެއާޕޯޓު ނެތް ނުވަތަ އެއާޕޯޓަކާ ދުރުގައި ހުރި ރަށްތަކުން ބަލިމީހުން އުފުލަންޖެހޭ ހާލަތްތަކުގައި ބޭނުންކުރުމަށް ކަމަށެވެ.

އެއާ އެމްބިއުލާންސް ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ އެ ޚިދުމަތް ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ފެށުމަކީ ރައީސްގެ ވައުދުފުޅެކެވެ.

މި ލިއުމާއި ގުޅޭ