Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އިންތިޚާބު ލަސްކުރާ ބިލު ބަންޑާރަނައިބުގެ ލަފާފުޅާއެކު ރައީސް ތަސްދީގުކުރައްވައިފި

މި އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރެއްވުމަށް ބަންޑާރަނައިބު ލަފާފުޅުދެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ފުރަތަމަ މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން ރައީސްވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ބިލު އަނބުރާ ފޮނުއްވާފައެވެ. ބިލު އަނބުރާ ފޮނުއްވުމުގައި ބިލުގައި ހުރި ގިނަ މައްސަލަތަކެއް ރައީސް ފާހަގަކުރެއްވިއެވެ. އަދި ބިލު އޮތް ގޮތުން ޤާނޫނު އަސާސީގައި ބަޔާންކުރާ މުއްދަތުގައި ކުރަންޖެހޭ ކަންކަން ނުކުރެވުމުގެ އިހުތިމާލު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ބިލު އަނބުރާ މަޖިލީހަށް ފޮނުއްވުމުން މަޖިލީހުގެ 3 ބައިކުޅަ 1 ބައި މެންބަރުންގެ އަޣުލަބިއްޔަތުން އެ ބިލު ފާސްކޮށްފައިވެއެވެ. އެ ބިލު ފާސްކުރި ފަހުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތާމެދު މިއަދު ސުޕްރީމް ކޯޓުންވަނީ ގޮތެއް ނިންމާފައެވެ.

އެގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގޮނޑި ހުސްވެފައިވާ މެންބަރުން ނުހިމަނައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

އެ ނިންމުމަށްފަހު މިއަދު ނ.ކެނދިކުޅުދޫގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު މަޖިލީހުން އިސްތިއުފާދެއްވި މެންބަރުން ނުހިމަނައި ޖުމްލަ މެންބަރުންގެ އަދަދު ގުނައިގެން މަޖިލީހުން ނިންމާ ނިންމުންތަކުގެ ޤާނޫނީ ސައްހަކަމާމެދު ސުވާލު އުފެދިފައިވާތީ، އިންތިޚާބު ފަސްކުރުމުގެ ބިލު ތަސްދީގުކުރެއްވުމާމެދު ބަންޑާރަނައިބުގެ ލަފާފުޅު ހޯއްދަވާނެ ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ރަމަޟާން މަހުގައި އިންތިޚާބު ބޭއްވުމަކީ އެމަނިކުފާނުވެސް އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށާއި، އެމަނިކުފާނު އެދިވަޑައިގަތީ މަޖިލިސް އިންތިޚާބު ރަަމަޟާން މަހުގެ ކުރިން ބޭއްވުމަށް ކަމަށެވެ.

އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު ހުރިހާ ކަމެއްވެސް ކުރައްވާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބުނެފައިވާ ގޮތަށް ކަމަށެވެ. އަދި އިންތިޚާބު ފަސްކުރުމުގެ ބިލު ތަސްދީގުކުރުމާމެދު ބަންޑާރަނައިބު ދެއްވާ ލަފާފުޅާ އެއްގޮތަށް އަމަލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މި ލިއުމާއި ގުޅޭ