Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ތެލެސީމިއާ ކުދިންނަށް ދޭ އެލަވަންސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ: ރައީސް

ތެލެސީމިއާ ބަލީގެ ކުދިންނަސް ދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ އިނާޔަތް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ, ނ. މަނަދޫ, މާރިނދަ, ވަސްމާ ޔޫސުފް ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމާމެދު ރައީސްގެ އަރިހުގައި ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން 29 ފެބްރުވަރީ 2024 ގައި ރައީސްއަށް, ވަސްމާ ޔޫސުފް ވަނީ 3 ސުވާލެއް ހުށަހަޅުއްވާފައެވެ. މިގޮތުން ތެލެސީމިއާ ބަލީގެ ކުދިންނަށް ދެވޭ އިނާޔަތާއިބެހޭ ސުވާލުގެ އިތުރުން, އަތޮޅުތަކުގެ ސްކޫލްތަކުންނާއި ހޮސްޕިޓަލުތަކުން ތެލެސީމިއާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ދިނުމަށް އެދޭ ޚިދުމަތްތަކާއި ބެހޭ ގޮތުން ވަނީ ސުވާލު ކުރައްވާފައެވެ.

އަތޮޅު ހޮސްޕިޓަލުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްސަ ޑޮކްޓަރުންނާއި, ސައިކެއާޓްރިސްޓުން އަދި އެކުދިންނަށް ބޭނުންވާ ޚާއްސަ ތެރަޕީތައް ދިނުމަށް މިއަހަރުތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އަތޮޅު ސްކޫލްތަކުގައި ސެން ކްލާސްތައް ފެށުމާއި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްސަ މާހައުލެއް ޤާއިމްކުރުމާއި ދާއިރާއިން ޓީޗަރުން ތަމްރީންކުރުމާއި އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް އެޚިދުމަތްތައް ޤާއިމުމުކުރެވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ