Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލްމާނިއްޔަތު

އަރަބި ޤައުމެއްގެ ލާދީނީ ރައީސަކު މީހުން ރޯދަ ދޫކޮށްލަން ފާޅުގައި ގޮވާލިކަން އިނގޭތަ؟

އުތުރު އެފްރިކާގެ ޤައުމެއް ކަމަށްވާ ތޫނިސްއަކީ މުސްލިމު ޤައުމުތަކުގެ ތެރެއިން އެންމެ ސެކިއުލަރ އެއް ޤައުމެވެ. އެ ޤައުމު ފަރަންސޭސިންގެ އަތްދަށުން މިނިވަންވުމަށް ފަހު އެންމެ ފުރަތަމަ ރައީސް ކަން ކުރީ ހަބީބް ބޫރްޤީބާ ނަމަކަށް ކިޔުނު ރައީސްއެކެވެ.

ބޫރްޤީބާ އަކީ ހަރުކަށި ސެކިއުލާ (ލާދީނީ) ފިކުރުގެ މީހެކެވެ. އޭނަ އަކީ މުޅި އަރަބި ދުނިޔެވެސް މިހާތަނަށް ދެކުނު އެންމެ ސެކިއުލާ ލީޑަރެވެ. އޭނާގެ ވެރިކަމުގައި ގިނަ ޤާނޫނުތައް ބަދަލުކޮށް އިސްލާމްދީނާއި ބީރަށްޓެހި ކުރުވިއެވެ. އަދި ތައުލީމީ ނިޒާމުންވެސް އިސްލާމްދީން އެއްކޮށް ހެން ފޮހެލިއެވެ. އަދި ހަމަ އެހެންމެ ޝަރުއީ ކޯޓުތައް އުވާލައި، ޝަރުއީ ޤާނޫނުތައް ތަންފީޒު ކުރުންވެސް ހުއްޓުވިއެވެ.

އިސްލާމްދީނާއި އިދިކޮޅު މިފަދަ އެތައް ކަމެއް ހަބީބް ބޫރްޤީބާ ކުރިއިރު މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރޯދަ ހިފުމާއި ދެކޮޅަށް އޭނާ ކުރި ކެމްޕޭނެވެ. ބޫރްޤީބާ ދައުވާ ކުރިގޮތުގައި ރޯދަ ހިފުމަކީ އުފެއްދުންތެރިކަން ދަށްވާނެކަމެކެވެ. އަދި ރޯދަ ހިފުމުން މީހުން ދުރުހެލި ކުރުވުމަށްޓަކައި ހިންގުނު ހަރަކާތެއްގެ ގޮތުން އޭނާވަނީ ލައިވްކޮށް ޓީވީ އިން ދައްކަމުން ދިޔަ ޕްރޮގްރާމެއްގައި ރޯދަ މަހު ދުވާލު އޮރެންޖު ޖޫސްތައްޓެއް ބޮއެފައެވެ.

އަދި އެއަށްފަހު ދިން ހިތާބެއްގައި އޭނާވަނީ، މިގޮތަށް ރޯދަ ނުހިފުމަކީ އެންމެ ރަނގަޅު ގޮތްކަމަށް، ތޫނިސް އަށް ނިސްބަތްވާ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ މާލިކީ މަޒްހަބުގެ އިބްނު އާޝޫރު އާއި ހަނަފީ މަޒްހަބުގެ މަޝްހޫރު އިލްމުވެރިއަކުވެސް އެކަމަށް އެއްބަސްވާނެ ކަމަށް ދައުވާކޮށްފައެވެ. މިކަމާއި ގުޅިގެން އިބްނު އާޝޫރު އާއި ހަނަފީ މަޒްހަބުގެ އިލްމުވެރިޔާ ވަނީ އެކަންކަމާއި ދެކޮޅު ހަދާފައެވެ.

މިގޮތުން އިބްނު އާޝުރު ވަނީ ރޭޑިއޯ އިން ގެނެސްދިން ޕްރޮގްރާމެއްގައި، ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތް ކިޔަވާފައި، ﷲ ވަނީ ހައްޤު ބަސް ވަހީ ކުރައްވާފައ ކަމަށާއި، ބޫޤިރްބާ ހެދީ ދޮގުކަމަށް 3 ފަހަރު ބުނެފައެވެ.

ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތަކީ ރޯދަ ހިފުން ފަރުޟު ކުރެވުނު އާޔަތެވެ.

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.

އިބްނު އާޝޫރަކީ، ތޫނިސް ގެ މާލިކީ މަޒުހަބުގެ އެންމެ އިސް އިލްމުވެރިޔާއެވެ. އަދި، މަޝްހޫރު ޒައިތޫނާ އިިންސްޓިޓިއުޓުގެ އޭރުގެ ރެކްޓަރ އެވެ. މީގެ އިތުރުން ބޫޤިރްބާ އާއި އެއްބަސް ވާނެ ކަމަށް ބުނި ހަނަފީ އިލްމުވެރިޔާވެސް ވަނީ ފަތުވާއެއް ނެރެ އޭނާ އާއި ދެކޮޅު ހަދާފައެވެ.

ތޫނިސް ގެ ގިނަ މީހުން އޭރު ބޫގިރްބާގެ ބަހަށް ހެއްލި ރޯދަ ހިފުން ދޫކޮށް ނުލިނަމަވެސް މިއަދު ތޫނިސްގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް ދީނާއި ދުރު ބައެއްކެވެ. އެ ޤައުމުގައި އަދިވެސް ލާދީނީ ފަރާތްތަކުގެ ނުފޫޒު ބޮޑެވެ. އަދި އެ ޤައުމުގެ ޤާނޫނު އަސާސީވެސް ފަރުމާކޮށްފައިވަނީ ދައުލަތުގައި ވަކި ދީނެއް ނޯންނަ ގޮތަށެވެ.

މި ލިއުމާއި ގުޅޭ